ތަފާތު ސަބަބުތައް މެދުވެރިވެ ނިދަން އުނދަގުވާ މީހުން އުޅެއެވެ. އެއިގެ ތެރެއިން ގިނަ ބައަކު އެންމެ ބޮޑަށް ކަންބޮޑުވަނީ ނިދޭލެއް ލަސްކަމުން ފަތިސްނަމާދަށް ނުހޭލެވޭތީއެވެ. އަދި ދަމުނަމާދަށްވެސް ނުހޭލެވޭތީއެވެ.
ތިރީގައި އެވަނީ ސަމާލުކަން ދެވިދާނެ ބައެއް ކަންކަމެވެ.
ނިދުމުގައި މައްސަލަތައް ކުރިމަތިވާ މީހުން ޤަވާއިދުން ކަސްރަތުކުރާށެވެ! ފަތިހު ތެދުވެ ދުވެލުން ފަދަ ކަމެއް ކުރާށެވެ! އަދި ރޭގަނޑު މަދުވެގެން 20 ވަރަކަށް މިނިޓް ހިނގާށެވެ! އެއީ ރެސްޓޯރަންޓަކުން ކައިގެން ހިގާފައި ގެއަށް އައުންކަމުގައިވީނަމަވެސް މައްސަލައެއް ނެތެވެ. ބޭނުންވަނީ 2 އިރުވެސް ހަށިގަނޑަށް ކަސްރަތެއް ލިބުމެވެ.
ނަމަވެސް ރޭގަނޑު ސަމާލުކަންދޭންޖެހޭ ކަމެއް އެބައޮތެވެ. އެއީ ރޭގަނޑު ކޮފީ ބުއިމަކީ ނިދިއައުން ދުރުކށްދޭ ކަމެކެވެ. އެންމެ ރަނގަޅު ގޮތަކީ ނިދުމުގެ 8 ގަޑއިރު ކުރިން ފެށިގެން ކެފެއިން އެކުލެވޭ އެއްވެސް އެއްޗެއް ބޭނުން ނުކުރުމެވެ