ކިރިޔާ ކަމެއް ކުރެވޭއިރަށްވެސް، ކަމެއް ނުކުރެވެނީސްވެސް މާފަށް އެދޭ މީހަކާ ބައްދަލުވެއްޖެނަމަ އެހީތެރިވާށެވެ! އެމީހުން އެތިބެނީ މާޔޫސްކަމެއްގަ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 21ސ
ކިރިޔާ ކަމެއް ކުރެވޭއިރަށްވެސް، ކަމެއް ނުކުރެވެނީސްވެސް މާފަށް އެދޭ މީހަކާ ބައްދަލުވެއްޖެނަމަ އެހީތެރިވާށެވެ! އެމީހުން އެތިބެނީ މާޔޫސްކަމެއްގަ!

އެއްވެސް ކުށެއް ނުކުރެވުނަސް، ނުވަތަ ކިތަންމެ ކުޑަކުޑަ ކުށެއް ކުރެވުނަސް މާފަށް އެދޭ މީހުން އުޅެއެވެ. އެފަދަ ކަމެއް މީހެއްގެ ކިބައިން ފާހަގަކުރެވިއްޖެނަމަ އެއީ ލިބޭ ވަރަށް މުހިންމު މެސެޖެކެވެ. 

ވަރަށް އަޚްލާޤް ރަނގަޅު ވަރަށް މަދުމީހެއްގެ ކިބައިން ރިވެތި އަޚްލާޤްގެ ސަބަބުން މިކަން ފެނުނު ނަމަވެސް ޢާންމު ގޮތެއްގައި ގިނަ ބައެއްގެ ކިބައިން އެލިބޭ މެސެޖަކީ އޭނާއަކީ އެއްވެސް މީހެއްގެ ކިބައިން، ނުވަތަ ތަޢްރީފް ލިބެންޖެހޭ އޭނާގެ ގާތްމީހުން އޭނާއަށް ތަޢްރީފްނުކުރާކަމެވެ. އަބަދުވެސް އެމީހުން އޭނާ ކުށްވެރިކޮށް ނަފްރަތުގެ ބަސްތައް ބުނާ ކަމެވެ. 

އެފަދަ ގިނަ މީހުން އަބަދުވެސް ތިބޭނީ ކަންބޮޑުވުމެއްގެ ތެރޭގައެވެ. ކޮންމެ މީހަކުވެސް އޭނާއަށް ނަފްރަތުކުރާނެ ކަމަށް ނަލައިގެންނެވެ. އެހައި ފަސޭހައިން އެހައި އަވަހަށް (ކުށެއް ނުކުރެވުނަސް) މާފަށް އެދޭ ސަބަބަކީ އެއީއެވެ. 

މިފަދަ މީހުންނަށް އަބަދުހެން ތިބެވެނީ މާޔޫސްކަމެއްގައެވެ. ވިސްނިފައި އޮންނާނީ ތިމާއަކީ އެއްވެސް އަގެއް ނެތަް މީހަކު ކަމަށެވެ. ތިމާއަށް ސަމާލުކަންދޭނެ އެކަކުވެސް ނުހުންނާނެކަމަށެވެ. 

ޢާއިލާގެ ތެރެއިންވެސް އަދި ރަޙްމަތްތެރިނެގެ ތެރެއިންވެސް ނުވަތަ އެހެން ގޮތަކުން ނަމަވެސް މިފަދަ މީހަކާއި ބައްދަލުވެއްޖެނަމަ އޭނާއަށް ހަމްދަރުދީވާށެވެ. އެހީތެރިވާށެވެ. ހިތްވަރުދޭށެވެ. އޭނާއަކީ ވެސް އަގުހުރި ހަމަ އެހެން މީހުން ފަދަ މުހިންމު އިންސާނެއްކަން ވިސްނައިދޭށެވެ. 

ނަފްސާނީ މާޔޫސްކަމުގައި ތިބޭ މިފަދަ މީހުންނަށް އަޅާލައި އެހީތެރިވުމަކީވެސް އަޅުކަމެކެވެ. އަދި އެކަން ވެގެންދާނީ މީހަކަށް ކޮށްދެވޭ އެންމެ ބޮޑު ހެޔޮކަމުގެ ތެރެއިންނެވެ. އިން ޝާ ﷲ

 

- އަލަފް / މިއަދުނޫސް

މިއަދު އޮންލައިން