ޙަޔާތުގެ ބައިވެރިއަކަށް ވަކިމީހަކު ދެއްވެވުން އެދިގެން ދުޢާކުރި ޒުވާނަކަށްވީގޮތުގެ ވާހަކަ-: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 10ސ
ޙަޔާތުގެ ބައިވެރިއަކަށް ވަކިމީހަކު ދެއްވެވުން އެދިގެން ދުޢާކުރި ޒުވާނަކަށްވީގޮތުގެ ވާހަކަ-: މުފްތީ މެންކް

އެއްދުވަހަކު ބައްދަލުވި ޒުވާން އަންހެންކުއްޖަކު ބުންޏެވެ. "ﷲ ތަޢާލާ އަހުރެންނަށް ރުހިވޮޑިގެނެއް ނުވެއެވެ." އެކަން އެނގުނީ ކިހިނަކުންތޯ ސުވާލުކުރީމާ ބުންޏެވެ. "އަހުރެން ކުރާ ދުޢާ ޢިޖާބަ ނުކުރައްވަވަނީއެވެ." 

"ޢިޖާބަނުކުރައްވަވައިގެން ތިއައުޅެނީ ކޮންކަމަކަށް އެދިގެން ކުރާ ދުޢާއެއްތޯ؟ ސުވާލުކުރުމުން ބުނީ މިވެނި މީހަކާއި ކައިވެނިކުރެވުން އެދި ކުރާ ދުޢާކަމަށެވެ. "އެދުޢާކުރާއިރު ތިމަންނާއަށް ރަނގަޅު ބައިވެރިއަކު ދެއްވެވުން އެދިގެން ދުޢާނުކުރަނީ ކީއްވެގެންތޯ" ސުވާލުކުރުމުން ބުނީ އެހެން މީހަކާއި ކައިވެނިކުރަން ބޭނުންނުވާ ކަމަށެވެ. 

ކޮންމެއަކަސް އެއިގެ ދުވަސްތަކެއްފަހުން އެއަންހެންކުއްޖާ އާއި ބައްދަލުވުމުން ބުންޏެވެ. "ޝައިޚް ދެއްވި ނަޞޭޙަތަށް ވިސްނައި ދުޢާ ބަދަލުކުރީމެވެ. ރަނގަޅު ބައިވެރިއަކު ދެއްވެވުން އެދި ދުޢާކުރަން ފެށިތަނާ މާރަނގަޅު ބައިވެރިއަކު ދެއްވަވައިފިއެވެ." 

މިވާހަކަކޮޅު މިބުނެލީ ﷲ ތަޢާލާ އާއިމެދު މާޔޫސްވެގެން ތިބޭ މީހުންނަށް ހިތްވަރަކަށެވެ. ހުރިހާ އަޅުތަކުން ކުރާ ހުރިހާ ތަކެއް ﷲ ތަޢާލާ އަޑުއައްސަވައިވޮޑިގެންވެއެވެ. އެކަމުގައި އެއްވެސް އަޅަކު ބާކީ ނުކުރައްވަވާނެތެވެ. ހަމައެއާއިއެކު ޙަޔާތުގެ ބައިވެރިއަކަށް ވަކިމީހަކު ދެއްވެވުން އެދިގެން ދުޢާނުކުރާށެވެ. އެހެނީ އެމީހަކު ތިބާއާއިމެދު ކަންކަން ކުރާނެ ގޮތް ﷲ ތަޢާލާ ދެނެވޮޑިގެންވެއެވެ. އެމީހާއަކީ ތިބާއަށް އަނިޔާވެރިވާނެ މީހަކުނަމަ އެދުޢާ ޢިޖާބަ ނުކުރައްވަވައި ލަސްކުރައްވަވައިފާނެތެވެ. އެއީ ދުޢާކުރާ މީހާދެކެ ﷲ ތަޢާލާ ލޯބިވެވޮޑިގަންނަވާތީއެވެ. އެމީހަކާއި ކައިވެނިކޮށްފިނަމަ ލިބިދާނެ ބޮޑުދެރައަކުން ސަލާމަތްކުރެއްވެވުމަށެވެ.

- މުފްތީ މެންކުގެ ދަރުސަކުން

 

މިއަދު އޮންލައިން