ﷲ ތަޢާލާ ތިބާއަށް ދެއްވެވި އެއްޗެއް އަނބުރައި ގެންދެވި ނަމަވެސް ކަންބޮޑުނުވީމާ ދެއްވަވާ ބަދަލު މާފުރިހަމަވާނެ! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 10ސ
ﷲ ތަޢާލާ ތިބާއަށް ދެއްވެވި އެއްޗެއް އަނބުރައި ގެންދެވި ނަމަވެސް ކަންބޮޑުނުވީމާ ދެއްވަވާ ބަދަލު މާފުރިހަމަވާނެ! އިން ޝާ ﷲ

މިިސާލަކަށް ބައްޕާފުޅުގެ އަރިއަހުން ޔޫސުފްގެފާނު ގެންދެވުމަށްފަހު ބައްޕާފުޅަށް ރައްދުކުރެއްވެވީ ޔޫސުފްގެފާނެވެ. ނަމަވެސް މާފުރިހަމަ ގޮތުގައެވެ. މަތިވެރި ރަސޫލް ބޭކަލެއްގެ ގޮތުގައެވެ. މިޞުރުގެ ރަސްގެފާނުގ މަޤާމުގައެވެ.

ހަމައެފަދައިން އުންމު ސަލަމާގެ ފިރިކަލުން ﷲ ތަޢާލާގެ ޙަޟްރަތަށް ގެންދެވުމަށްފަހު އެކަމަނާއަށް ފިރިކަލެއްގެ ގޮތުގައި މިބިންމައްޗަށް ފޮނުވެއްވެވި އެންމެ މާތް ޞާޙިބާ ރަސޫލް (ﷺ) ދެއްވެވިއެވެ.

މިފަދަ ކިތަންމެ ބައިވަރު މިސާލުތަކެއް ނެގިދާނެއެވެ. ތަނަވަސްކަން ގެންދެވުމަށްފަހު އިތުރަށްވެސް ތަނަވަސްކަން ދެއްވެވީ ކިތައް މީހުންނަށް ހެއްޔެވެ؟ ވީމާ ތިމާ އެންމެ ބޭނުންވާ އެއްޗެއް ﷲ ތަޢާލާ ގެންދެވި ނަމަވެސް، އަދި ﷲ ތަޢާލާ ދެއްވެވި ނިޢްމަތެއް އަނބުރާ ގެންދެވި ނަމަވެސް ކަންބޮޑުވުމެއް ނެތެވެ! އެކަން އެކުރެއްވެވީ ތިބާއަށް އެގޮތް ފައިދާ ބޮޑުވީމައެވެ.

މާޔޫސްވެ ނިކަމެތިކަން ލިބެނީ މިޙަޤީޤަތް ޤަބޫލުނުކުރެވޭތީއެވެ. މިކަންކަން މިގޮތަށް ޤަބޫލުކުރާ މީހާ އަބަދުވެސް ހުންނާނީ އުފަލުންނެވެ.

ޔަޤީންކުރާށެވެ! ތިބާއަށް ދެއްވަވާފައިވާ އެއްޗެއް އަދި ނިޢްމަތެއް ނަމަވެސް އަނބުރައި ގެންދެވުމުން ކަންބޮޑުނުވާށެވެ! ﷲ ތައާލާ އެއްޗެއް ގެންދެވުމަށްފަހު ހަމަ އެއެއްޗެއްވެސް އަނބުރައި ރައްދުކުރައްވަވަތެވެ. އަނެއްބައި ފަހަރު އެއަށްވުރެ މާ ފުރިހަމަ، މާލޮބުވެތިކަން ބޮޑު، މާރަނގަޅު އެއްޗެއްވެސް ރައްދު ކުރައްވަވަތެވެ.

--މުފްތީ މެންކްގެ ދަރުސަކުން

މިއަދު އޮންލައިން