ނަމާދުގައި އެންމެ ގިނަ ބައަކަށް ފަރުވާކުޑަކުރެވޭ އެއްކަމަކީ އެންމެ މުހިންމު އެއް ކަންތައް! އިޞްލާޙްކޮށްލަމާ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 51ސ
ނަމާދުގައި އެންމެ ގިނަ ބައަކަށް ފަރުވާކުޑަކުރެވޭ އެއްކަމަކީ އެންމެ މުހިންމު އެއް ކަންތައް! އިޞްލާޙްކޮށްލަމާ!

ނަމާދުގައި އެންމެ ގިނަ ބައަކަށް ފަރުވާކުޑަކުރެވޭ އެއްކަމަކީ އެންމެ މުހިންމު އެއް ކަންތަކެވެ. އެއީ އަލްހަމްދު ކިޔުމެވެ. އެހެންކަމުން ތިރީގައިވާ ލިޔުން ސަމާލުކަން ދެއްވައިގެން ވިދާޅުވުން އެދމެވެ.   

ނަމާދު ނަމާދަކަށްވާނީ އަލްޙަމްދު ކިޔަވަން ސަމާލުކަން ދީގެންނެވެ. ކިރިތި ޤުރްއާނުގައިވާ މަގުން ކިޔަވައިގެންނެވެ. ސިރާތު ކީމާ ޞިރާޠަކަށް ނުވާނެއެވެ. ޤުރްއާނުގައި އޮތީ ސީނެއް ނޫނެވެ. ޞޯދެކެވެ. ކަލިމައިގެ ފަހަތަށް އޮތީ ތާއެއް ނޫނެވެ. ޠޯއެކެވެ. ސިރާތު މަގު ދެއްކެވުން އެދުމަކުން އެއީ ސީދާވެގެންވާ ތެދުމަގު ދެއްކެވުމަށް އެދުމަކަށް ނުވާނެއެވެ. ސީދާވެގެންވާ ތެދުމަގު ދެއްކެވުން އެދުނުކަމަށްވާނީ ޞރޠ މި 3 އަކުރު ކިޔައިގެންނެވެ. 

اهدِنَا الصِّراطَ المُستَقيمَ 

ހަމަ އެގޮތަށް ޣައިރިމަޣްލޫބި އެބަ ކިޔައެވެ. އެކަން އެގޮތަށް ފާހަގައެކުރެވެނީ ލާމު ކީނަމަވެސް ފައުޅުނުވާތީއެވެ. އެއީ ފައުޅުކުރަންޖެހޭ އަކުރެކެވެ. ޤުރްއާނުގައި އޮތީ ޣައިރިލްމަޣްޟޫބި އެވެ. 

صِراطَ الَّذينَ أَنعَمتَ عَلَيهِم غَيرِ المَغضوبِ عَلَيهِم وَلَا الضّالّينَ 

މިދެކަން މިފާހަގަކޮށްލީ ގިނަ ބައަކަށް ކިޔުމުގައި ފަރުވާ ކުޑަކުރެވޭތީއެވެ. އެމީހެއްގެ ފަރުވާކުޑަކަމުން ޚާއްޞަކޮށް އަލްޙަމްދު ނުބައިކޮށް ކިޔާ މީހުންގެ ނަމާދު ޞައްޙަނުވާނެކަމަށް ޢިލްމުވެރިން ބަޔާން ކުރައްވައެވެ. އަދި ފަރުވާ ކުޑަކަމުން ނުބައިކޮށް އަލްޙަމްދު ކިޔަވާ މީހުންގެ ފަހަތުގައި ނަމާދު ޞައްޙަ ނުވާނެ ކަމަށްވެސް ޢިލްމުވެރިން ބަޔާންކުރައްވަވައެވެ. 

އެއީ އެންމެ އަކުރަކުން، އެންމެ ފިއްޔަކުން ވެސް މާނަ ބަދަލުވެގެންދާނެތީއެވެ. ވީމާ ނަމާދުކުރާއިރު މިކަންކަމަށް ވަރަށް ބޮޑަށް ސަމާލުކަންދޭންވާނެއެވެ. ތަޖްވީދުމަގުން އަލްހަމްދު ކިޔަވަން ގަދައަޅައި މަސައްކަތްކުރާށެވެ! ނަމާދު ޞައްޙަވާނީ އެއިރުންނެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން