ތަނަވަސް މީހުން ތަނަވަސްކަން ނެތް މީހުންނާ ކައިވެނިކުރުމުން ލިބޭ އުފާވެރިކަން މާބޮޑުވާނެ! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 33ސ
ތަނަވަސް މީހުން ތަނަވަސްކަން ނެތް މީހުންނާ ކައިވެނިކުރުމުން ލިބޭ އުފާވެރިކަން މާބޮޑުވާނެ! އިން ޝާ ﷲ

ގިނަ މައިންބަފައިން ބޭނުންވަނީ އެމީހުންގެ ދަރިން ތަނަވަސް މީހުންގެ ދަރިންނާއި ކައިވެނިކުރުވުމަށެވެ. އެމީހުންގެ ވިސްނުމުގައި ހުންނަނީ ފަޤީރަކާއި ކައިވެނިކޮށްފިނަމަ އެއީ ދަށުދަރަޖައިގެ ކަމެއް ކަމަށާއި ފަޤީރަކާއި ކައިވެނިކޮށްފިނަމަ އެމީހަކަށް ބޮޑެތި ޚަރަދުތަކެއް ކުރަންޖެހޭނެ ކަމަށެވެ. 

ޒަވާޖީ ހަޔާތެއް ކުރިއަށް ގެންދަން ބަލާއިރު މިއީ އެހައި ރަނގަޅު ވިސްނުމެއް ނޫނެވެ. މިޘާލަކަށް އަނބިމީހާއަކީ ފިރިމީހާ ވަރުގެ ތަނަވސްކަންހުރި އަންހެނަކު ނަމަ އޭނާ ކުރަން އުޅޭ ކަމެއް ހުއްޓުވަން ފިރިމީހާއަށް ފަސޭހައެއް ނުވާނެއެވެ. އެއީ ވަރިކޮށްލިނަމަވެސް ލިބޭނެ މާލީ ގެއްލުމެއް ނެތުމުން ކިޔަމަންތެރިކަން އަދާނުކޮށްގެން ވަރިކުރިނަމަވެސް ލިބޭނެ ގެއްލުމެއް ނެތުމުންނެވެ. 

ހަމައެއާއިއެކު ދިރިއުޅުމުގައި ފިރިމީހާ ބޭނުންވާ ބަދަލުތައް ގެންނަންވެސް ސަމާލުކަމެއް ނުދޭނެއެވެ. އެއީ ހަމަ މިބުނި ސަބަބަށްޓަކައެވެ. އެއިގެ އިތުރުން ކައިވެނި ރޫޅޫނަސް ނުހަނު ފަސޭހައިން ކައިވެނިކުރެވޭނެ ކަމުގެ ޔަޤީންކަން އޮންނާތީއެވެ. 

ހަމަ މިގޮތަށް ތަނަވސް ފިރިންވެސް ވިސްނާނެއެވެ. އަނބިމީހާ ވަކިވެގެން ހިނގައިދާނެތީ ކަންބޮޑެއް ނުވާނެއެވެ. މާދަމާވެސް އެހެން އަންހެނަކާއި ކައިވެނިކުރަން އެއްވެސް ހުރަހެއް ނެތިފައި އަބަދުވެސް ގިނަ އަންހެނުންތަކެއް ކައިވެނިކުރަން ކިޔޫގައި ތިބޭތީއެވެ. 

ތަނަވަސް ފިރިހެނުން ތަނަވަސްކަން ނެތް އަންހެނުންނާއި އަދި ތަނަވަސްކަން ހުރި އަނހެނުން ތަނަވަސްކަން ނެތް ފިރިހެނުންނާއި ކައިވެނިކުރުމުން މިބުނި ފަދަ މައްސަލަތައް ޖެހުން ބޮޑުތަނުން މަދުވާނެއެވެ. އެއީ ނިކަމެތި މީހާ ތަނަވސް މީހާ އާއިއެކު ދިރިއުޅުމަށާއި ވަކިނުވުމަށް ބޭނުންވާނެތީއެވެ. އެކަމަށް ކުރެވެން ހުރި ހުރިހާ މަސައްކަތްތަކެއް ކުރާނެތީއެވެ. 

ދެން އޮތީ ތަނަވަސްކަން ނެތަސް ނުބައި މީހުންގެ މައްސަލައެވެ. ދިރާސާތަކުން ދައްކާގޮތުން އެއީ ވަރަށް މަދުބައެކެވެ. ފަޤީރަސް އަދި ތަނަވަސް ނަމަވެސް ދުނިޔޭގެ އެންމެން އެއގޮތެއް ނުވާނެއެވެ. ނުބައި ބައަކުވެސް އުޅޭނެއެވެ. މިބަޔާންކުރީ ޢާންމުކޮށް ކަންކަން ދިމާވާގޮތުގެ ވާހަކައެވެ. ކުރެވިފައިވާ ދިރާސާތަކުން ފެންނަން ހުރި ކަންތައްތަކުގެ ވާހަކައެވެ. 

- އަލަފް / މިއަދުނޫސް

މިއަދު އޮންލައިން