ނަމާދުކުރުމުން ދިރިއުޅުމަށް ކުރާ ބައެއް ފައިދާ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 6ސ
ނަމާދުކުރުމުން ދިރިއުޅުމަށް ކުރާ ބައެއް ފައިދާ-

ނަމާދަކީ އިސްލާމް ދީނުގެ ތަނބު ކަމާއި އެއީ ކޮންމެ މުސްލިމަކުވެސް ކުރަންޖެހޭނެ ކަމެއްކަން ހުރިހާ މުސްލިމުންނަށްވެސް އެނގޭނެއެވެ. ނަމާދާއިމެދު އެންމެ މުހިންމު އެއް ކަމަކީ އެއީ ވާޖިބަކަށްވީތީ ކުރުމެއް ނޫނެވެ. ކުރާހިތުން ކުރާ ކަމަކަށް ހެދުމެވެ. 

ނަމާދަށް ފަރުވާތެރިވެ އަދި ރައްކައުތެރިވެ، ޤަވާޢިދުން ނަމާދުކުރާ މީހަކަށް ލިބޭނެ އެހެން ފައިދާތަކުގެ ތެރެއިން އެއްކަމަކީ ތިމާކުރަންޖެހޭ ކަންކަމަށް ފަރުވާތެރިވުމެވެ. އިހްމާލުނުވެ ކަންކަން ކުރުމެވެ. މީހަކަށް ކަމެއްކޮށްދޭން ވަޢުދުވެވިއްޖެނަމަ އެވަޢުދު ފުއްދަން ސަމާލުކަން ދެވޭގޮތްވުމެވެ. 

އިސްލާމް ދީނުގައިވާ ކޮންމެ އަޅުކަމެއްގެ ތެރެއިންވެސް މިފަދަ އެތައް ބައިވަރު ފައިދާތަކެއް ކުރާނެއެވެ. ކޮންމެ އަޅުކަމެއްވެސް ލައްވަވާފައިވަނީ މީސްތަކުންނަށް އެކަމަކުން ފައިދާކުރާނެތީއެވެ. 

މީސްތަކުންގެ ކިބައިން ﷲ ތަޢާލާ އެއްވެސް ކަމަކަށް ބޭނުންފުޅުވެވޮޑިގަންނަވާތީއެއް ނޫނެވެ. ﷲ ތައާލާއީ އެއްވެސް ފަރާތަކުން އެއްވެސް ކަމަކަށް ބޭނުންފުޅުވެވޮޑިގެންނުވާ، ހުރިހާ ކަމަކުން ފުދިވޮޑިގެންވާ ރަސްކަލާނގެއެވެ. 

ވީމާ އިސްލާމް ދީނަކީ މީސްތަކުންގެ ކިބައިން ކަންކަމަށް ނުވަތަ އެއްވެސް ކަމަކަށް ބޭނުންވެގެންވާ ދީނެއް ނޫނެވެ. އިސްލާމް ދީނުގައި ކުރަން އަންގަވާފައިހުރި ކަންކަން ކުރުމުން ދުނިޔެއާއި އާޚިރަތުގައިވެސް ފައިދާކުރާނީ ހަމައެމީހަކަށެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން