ލިބޭ މުސާރައިގެ ބޮޑުބައެއް، އޮފީސްގަޑީގައި ކާން ހޭދަކުރާ މީހުންނަށް އެކުރެވޭ ކަންތަކުގެ ނަތީޖާ ވިސްނޭތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 18ސ
ލިބޭ މުސާރައިގެ ބޮޑުބައެއް، އޮފީސްގަޑީގައި ކާން ހޭދަކުރާ މީހުންނަށް އެކުރެވޭ ކަންތަކުގެ ނަތީޖާ ވިސްނޭތަ؟

އެކި މުވައްޒިފުންނަށް މސާރަ ލިބެނީ އެކިވަރަށެވެ. އެއް ބައަކަށް އެމީހުން ކުރަން ބޭނުންވާހައި ކަންކަން ކުރާވަރަށް ލިބުނަސް ގިނަ ބައަކަށް ލިބެނީ ކިރިޔާ ފުދިގެން ދިރިއުޅެލެވޭ ވަރަށެވެ. ނަމަވެސް މަދުން ލިބޭ ގިނަ ބައަކު ޚަރަދުކުރަން ނުވިސްނާ ކަމެއް އެބައޮތެވެ.  

އެކަމަކީ އޮފީސްގަޑީގައި ކައި އުޅުމެވެ. މަދުން ލިބޭ ގިނަ ބައަކުވެސް އެންމެ ގިނައިން ލިބޭ މީހުންނާއިއ އެއްފެންވަރުގައި ރެސްޓޯރަންޓްތަކުން ކައިބޮއިހަދަން ބޭނުންވެއެވެ. އެކަމަށް ޚަރަދުކުރެއެވެ.  

ކުރެވިފައިވާ ދިރާށާތަކުން އެނގޭ ގޮތުގައި އޮފީސްގަޑީގައި ރެސްޓޯރަންޓްތަކުން ކައިބޮއިހެދުމަށް މުސާރައިގެ 20 އިންސައްތަ ހޭދަކުރެއެވެ. އެއިގެ މާނައަކީ މަހަކު 10،000 ރުފިޔާ މީހުން އޮފީސް ގަޑިގައި ރެސްޓޯރަންޓްތަކުން ކައިބޮއިހެދުމަށް މަހަކު 2000 ރުފިޔާ ހޭދަކުރުމެވެ. އެއީ ލިބޭ މުށާރައިގެ ފަސްބައިކުޅަ އެއްބައެވެ.  

އެކުވެރިންނޭވެ! މިއީ ހަމަ ކޮންމެ މުވައްޒިފަކުވެސް ވިސްނާލަންޖެހިފައިވާ ކަމެކެވެ. މިއީ ކުރެވޭ ވަރަށް ބޮޑު އިސްރާފެކެވެ. ކޮންމެ އަނހެނަކުވެސް މިހާރު ކޮނޑުގައި ކުޑަވަރެއްގެ ހޭންޑްލަގެޖެއް އަބަދުވެސް އުފުލައެވެ. އޮފީހަށްދާއިރުވެސް ގެންދެއެވެ. ކައިބޮއި ހަދާނެ ކޮންމެވެސް އެއްޗެއް އެދަބަހުގައި ނުގެންދަންވީ ކީއްވެގެން ހެއްޔެވެ؟  

ތަހުޒީބާއި ކުރިއެރުމަކީ ރެސްޓޯރަންޓްތަކުން ކެއުމެއް ނޫނެވެ. ފުދުންތެރި ދިރިއުޅުމެއް އުޅުމެއް އުޅުމެވެ. އަމިއްލަ މަސައްކަތުން އަމިއްލަ ބޭނުންތައް ފުއްދައިގެން އުޅުމެވެ. ކައިވެނިކޮށްގެން ތިބި ފިރިހެނުންނަމަ އަނބިދަރީންގެ ޚަރަދުތައް އަމިއްލައަށް ބެލެހެއްޓުމެވެ. އެކަންކަން ޙާޞިލްނުކުރެވޭނަމަ އެމީހަކު އެވަނީ ބޮޑުތަނުން ފޭލްވެފައެވެ.

 

- އަލަފް / މިއަދުނޫސް

މިއަދު އޮންލައިން