ދުނިޔޭގެ އާބާދީގައި މިހާރުވެސް 200 މިލިއަނާ ގާތްކުރާ ޢަދަދަކަށް ޔަތީމްކުދިން ވަރަށް ނިކަމެތި ޙާލުގައި އެބަތިއްބެވެ. ދިރާސާތަކުން ދައްކާ ގޮތުން ދުވާލަކު 10،000 ކުދިން ޔަތީމްވެއެވެ.
ޔަތީމްކުއްޖަކަށް އެހީތެރިވެދީ ބަލަހައްޓައިފި މީހާ ވާހުށީ ރަސޫލް ﷺ އާއި އެންމެ އަރިއަހުގައިކަން ޙަދީޘފުޅުން އެނގެން އެބައޮތެވެ.
ދުނިޔޭގެ ކަންކޮޅުތަކުގައި ތިބި ޔަތީމްކުދިންނަށް އެހީވެދެވޭނެ ގޮތްތައް ބައިވަރެވެ. އެކަމަށް މަސައްކަތްކުރާ ޖަމިއްޔާތައް ބައިވަރެވެ. މަހަކު އެންމެ 50 ޑޮލަރު (800 ވަރަކަށް ރުފިޔާ) ހޭދަކުރާނަމަ ކުއްޖަކު ސްޕޮންސަރ ކުރެވިދާނެ އެވެ.
ތަފާތު އަގު ނަގާ ޖަމިއްޔާތައް އެބަހުއްޓެވެ. އިންޓަރނެޓުން މައުލޫމާތު ހޯއްދެވޭނެއެވެ.
ބޭނުންފުޅު ނަމަ ރާއްޖޭގައި ތިބި ޔަތީމްކުދިންނަށް އެހީތެރިވެދެއްވައިގެންވައިގެން ވެސް ހަދީޘްފުޅުގައިވާ މަތިވެރި ދަރަޖަ ޙާޞިލްކުރެއްވިދާނެއެވެ.