ސުވަރުގެ ވަންނަން އެދޭމީހުން ހުނުން މަދުކޮށް ޛިކުރުކުރުން ގިނަކުރަންޖެހޭ ސަބަބުތަކުގެ ތެރެއިން--

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 5ސ
ސުވަރުގެ ވަންނަން އެދޭމީހުން ހުނުން މަދުކޮށް ޛިކުރުކުރުން ގިނަކުރަންޖެހޭ ސަބަބުތަކުގެ ތެރެއިން--

ބައެއް މީހުންނަށް އަޑުގަދަކޮށް ހިނިގަނޑެއް ޖަހާނުލައި ނުވަތަ ބާރަށް ނުހީ އިރުކޮޅަކުވެސް ނުހުރެވެއެވެ. ހޭނެ ކަމެއް ނެތިއްޔާ، ނުފެނުނިއްޔާ އަމިއްލައަށް ކަމެއް އުފައްދައިގެންވެސް ހޭން ބޭނުންވެއެވެ. މިދައްކަނީ ހިނިތުންވުމުގެ ވާހަކައެއް ނޫނެވެ. އަޑުގަދަކޮށް ހުނުމުގެ ވާހަކައެވެ.

ހަދީޘްފުޅުގައި އޮތީ ގިނަގިނައިން ނުހޭށެވެ. ގިނަގިނައިން ހުނުމަކީ ހިތްމަރައިލާ ކަމެއް ކަމަށެވެ.

މުސްލިމުންވެސް އުފާކުރަންވާނެއެވެ. ހޭންވެސްވާނެއެވެ. ނަމަވެސް އެކަންކުރަންވާނީ އިމެއްގެ ތެރެއިންނެވެ. ބޭނުންހައިވަރަކަށް ނޫނެވެ.

މީގެ އިތުރުން ސުވަރުގެއާއި ނަރަކަ ތިމަން ރަސޫލާ ﷺ އަށް ދެއްކެވިކަން ބުޔާންކުރައްވަވައި ޙަދީޘްފުޅު ކުރައްވަވާފައިވެއެވެ. "ތިމަންކަލޭގެފާނަށް އެނގިވަޑައިގަންނަވާ ކަންކަން ތިއަބައިމީހުންނަށް އެނގޭނަމަ ހުނުން މަދުކޮށް ރުއިން/ކަރުނައެޅުން ގިނަކުރީސް" ކަމަށެވެ.

ޤިޔާމަތް ދުވަހު ﷲ ތަޢާލާ މުސްލިމުންނާއި ބައްދަލުކުރައްވަވާނީ ހިނިތުންވެ ވޮޑިގަންނަވަމުންނެވެ. އަދި ޛިކުރުކުރުން ގިނަކޮށް ޛިކުރުކުރުންމަތީގައި ދެމިތިބި މީހުން ސުވަރުގެ ވަންނާނީ ހިނިތުންވަމުންކަންވެސް ޙަދީޘްފުޅުން އެނގެން އެބައޮތެވެ.

ވީމާ އަހަރެމެން މަސައްކަތްކުރަންވީ ހިނިތުންވެވޮޑިގަންނަވާ ޙާލުކޮޅުގައި ﷲ ތަޢާލާ ބައްދަލުކުރައްވަވާ އަޅަކަށްވުމަށެވެ. ހެމުން ސުވަރުގެއަށް ވަންނަ އަޅަކަށްވުމަށެވެ. އެ މަޤްޞަދު ޙާޞިލުކުރެވޭނީ ދުނިޔޭގައިނ ހުނުން މަދުކޮށް ޛިކުރުކުރުން ގިނަކޮށްގެންނެވެ. އިން ޝާ ﷲ

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން