ޤިޔާމަތް ދުވަހު ﷲ ތަޢާލާ އެބައަކަށް ބަސްފުޅު ވަޙީ ނުކުރައްވާނޭ، ނުބައްލަވާނޭ، އަދި ޠާހިރު ނުކުރައްވާނޭ 3 މީހުންގެ ތެރޭގަ ހިމެނޭނެ މީހުން ދަނީވެސް ގިނަވަމުން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ
ޤިޔާމަތް ދުވަހު ﷲ ތަޢާލާ އެބައަކަށް ބަސްފުޅު ވަޙީ ނުކުރައްވާނޭ، ނުބައްލަވާނޭ، އަދި ޠާހިރު ނުކުރައްވާނޭ 3 މީހުންގެ ތެރޭގަ ހިމެނޭނެ މީހުން ދަނީވެސް ގިނަވަމުން!

ޤިޔާމަތް ދުވަހުން ﷲ ތަޢާލާ އެބައަކަށް ބަސްފުޅު ވަޙީ ނުކުރައްވާނޭ، އަދި އެބައަކަށް ނުބައްލަވާނޭ، އަދި އެބައަކު ޠާހިރު ނުކުރައްވާނޭ މީހުންގެ ތެރެއިން 3 މީހަކުވެއެވެ.

1- މުސްކުޅި ޢުމުރުގައި ޒިނޭ ކުރާ މީހުން

2- ދޮގުހަދާ ވެރިން

3- ކިބުރިވެރި ފަޤީރުން

(صحيح مسلم 107{172})

--ޝައޚް އަޙްމަދު ރިމާޒް

މި 3 ބާވަތުގެ ހިމެނޭ އެއްބާވަތަކީ މުސްކުޅި ޢުމުރުގައި ޒިނޭކުރާ މީހުންނެވެ. އެއީ މަދުކަމަކަށް ބުނެވޭކަށް ނެތެވެ. މިއީ ވަރަށް ހިތާމަހުރި ކަމެކެވެ. މުސްކުޅިވަންދެން ދުނިޔޭގައި ހުރެވިއްޖެނަމަ އެއީ ލެއްވެވި ވބަރަށް ބޮޑު ރަޙްމަތެކެވެ.

މަރަށް ތައްޔާރުވާން އިތުރު ފުރުޞަތު ދެއްވެވީތީއެވެ. ވީމާ މުސްކުޅި ޢުމުރުގައި ދުނިޔޭގައި ހުރެވޭނަމަ ގަދައަޅައި މަސައްކަތްކުރަންވީ ވީހާ ގިނަ ހެޔޮ ޢަމަލުތައް ކުރުމަށެވެ.

އަދި ހަދިޔާއެއް ދިނުމުން މަދުވެގެން ނުވަތަ ލިބުނު އެއްޗެއްގެ ފެންވަރު ދަށްވެގެން ކުނިމޫނު ދައްކާ މީހުން ތިބެއެވެ.

ދަތިޙާލުގައި ޖެހި ލާނެ ފޭރާމެއް ނެތް ޙާލުގައިވެސް ބައެއް މީހުންނަށް ފޭރާން ދިނުމުން އެއީ އެމީހުން ލައިއުޅޭ ފޭރާން ނޫންކަމަށްބުނެ ޤަބޫލުނުކުރި ބައަކު ތިބޭކަން ވަނީ ފާހަގަކުރެވިފައެވެ. ވީމާ މިފަދަ މީސްމީހުން މި ޙަދީޘްފުޅާއިމެދު ވިސްނައިލުން ބުއްދިވެރިއެވެ.

 

މިއަދު އޮންލައިން