އައު އަހަރު ފާހަގަ ކުރުމުގެ ނަމުގައި ހެދޭގޯސްތައް ހުއްޓާލަމާތޯ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ
އައު އަހަރު ފާހަގަ ކުރުމުގެ ނަމުގައި ހެދޭގޯސްތައް ހުއްޓާލަމާތޯ!

އައު އަހަރު ފާހަގަކުރުމުގެ ނަމުގައި ކޮންމެ އަހަރަކުވެސް މިއަންނަނީ ބޮޑެތި ގޯސްތަކެއް ހެދެމުންނެވެ. އެކަންކަން އިޞްލާޙްކުރަން އެބަ ޖެހެއެވެ. ތިރީގައިވާ ލިޔުން ވިދާޅުވެލައްވާށެވެ! ގިނަ މަޢުލޫމާތުތަކެއް ލިބިލައްވާނެއެވެ. އިން ޝާ ﷲ

އައު އަހަރު ފާހަގަ ކުރުމުގެ ނަމުގައި ގޯސް ނުހަދާށެވެ!

الشَّيْخُ مُحَمَّدُ أَفْضَلْ

އައު އަހަރު ފާހަގަ ކުރުމުގެ ނަމުގައި މިޔުޒިކު ޝޯވ ބޭއްވުމާއި ދެ ޖިންސު މަސްހުނިވެގެން އުޅުން ދީނީގޮތުން ހުއްދަ ވެގެން ނުވެއެވެ. ޢިލްމަށް ވަފާތެރި ބޭފުޅުން އިހުގައި ވެސް މިހާރު ވެސް ވިދާޅުވަނީ މުސްލިމުން މަޖާކޮށް ކުޅިވަރުކުޅެ އިޙްތިފާލުކުރަން ޝަރީޢަތުގައި ކަނޑައަޅުއްވައިފައި އޮތީ ދެ ޢީދު ދެ ދުވަސް ކަމެވެ.

އެހެންކަމުން ޢީދެއްގެ ދަރަޖަ ދީގެން ނުވަތަ އެއަށް ވުރެ ކުލަ ފަނޑުކޮށް ވިޔަސް އައު އަހަރު އިޙްތިފާލުކުރުމަކީ މާތް އަށް ބިރުވެތިވާ ބަޔަކު އެއްގޮތަކަށް ވެސް ކޮށްގެން ވާނޭ ކަމެއް ނޫނެވެ. އެއީ އާންމު މުސްލިމަކު ކަމުގައި ވިޔަސް، ވިޔަފާރިވެރިޔަކު ކަމުގައި ވިޔަސް، އޮފީސްތަކުގެ ވެރީން ކަމުގައި ވިޔަސް ދައުލަތުގެ ވަޒީރުބޭފުޅަކު ކަމުގައި ވިޔަސް، ޚުދު ވަލިއްޔުލް އަމުރު ކުރެއްވި ކަމުގައި ވިޔަސް ޙަރާމް ކަމެއްގެ ގޮތުގައި އޮންނާނޭ ކަމެކެވެ. އަދި ކިޔެއް، އާންމުންގެ މީހަކު އެފަދަ ކަމެއް ކުރުމަށްވުރެ ޤައުމުގެ މަތިފަޑީގައި ތިއްބަވާ ކަމުވޮށިގެންވާ ބޭބޭފުޅުން މިފަދަ ހުތުރު މަންޒަރުތަށް ކުރެއްސެވުމުގެ ނަޖިސްކަން މާބޮޑެވެ. އެބައިމީހުންނަކީ ގެ ދީން ތަންފީޒުކުރައްވަން  ތިއްބަވާ ބޭފުޅުންނެވެ. މުންކަރާތް ނަހީކުރުމުގެ އެންމެ މަތީ ދަރަޖަ ކަމުގައި ވާ، އަތުން މަނާކުރުމުގެ ބާރުވެރިކަން އެ ހިނދަކަށް މާތް ދެއްވައިފައި ތިއްބެވި ބޭފުޅުންނެވެ. 

2024ވަނަ އަހަރުގެ ފެށުން ދިވެހިރާއްޖޭގައި ކުލަގަދަ ގޮތެއްގައި ފާހަގަ ކުރުމަށް ތައްޔާރު ވަމުން އަންނަ ކަމުގެ ޚަބަރުތައް މީސްމީޑިއާގެ އެކިއެކި މަންސަތަކުގައި އެބަ ދައުރުވެއެވެ.

މިފަދަ ކަންކަން އެއްވެސް ފެންވަރެއްގައި ނުކުރުމަށް [ދީނުގެމަގު]ގެ ފަރާތުން ނަސޭހަތް-ތެރިވަމެވެ. ދުނިޔޭގެ މަޝްރަޙު އޮތް ގޮތާއި ޤައުމުގެ ޙާލަތު އޮތް ގޮތުން ކޮންމެވެސް ބަޔަކު އެކަން ކުރުމާއި، އެ ކުރާކަމެއް ޤައުމީ ފެންވަރެއްގައި ނުހުއްޓުވި ދިޔުން ވެސް އެއީ ވެދާނޭ ކަމެކެވެ. އެހެނަސް އިސްލާމީ ދައުލަތަކުން އެއްވެސް މުންކަރާތެއް ރާވައި ހިންގުން އެއީ ކިހާވަރަކަށް ބަލައިގަނެވޭނެ ކަމެއް ބާއޭ ހިތަށް ނާރާތޯއެވެ؟ އަޅުގަނޑުމެންގެ އުންމީދަކީ ދައުލަތުގެ ފަރާތުން އެފަދަ ކަމެއް ނުކުރެއްވުމެވެ. މާތް އަށް ބިރުވަތާ ހެޔޮކަންކަމަށް އަމުރުކުރެއްވުމެވެ. ނުބައިކަންކަން ނަހީކުރެއްވުމެވެ. 

މާތް އަންގަވައިފައި ވަނީ ހެޔޮކަންކަމަށް އެހީވުމަށާއި މުންކަރާތްތަކަށް އެހީ ނުވުމަށެވެ. ﴿وَتَعَاوَنُوا عَلَى الْبِرِّ وَالتَّقْوَىٰ ۖ وَلَا تَعَاوَنُوا عَلَى الْإِثْمِ وَالْعُدْوَانِ﴾ (المائدة: ٢) މާނައީ: [ތަޤުވާވެރިވުމުގެ މައްޗަށް ތިޔަބައިމީހުން އެކަކު އަނެކަކަށް އެހީވެ، ވާގިވެރިވާށެވެ! އަދި ފާފަވެރިވުމާއި ޢަދާވާތްތެރިވުމުގެ މައްޗަށް، ތިޔަބައިމީހުން އެކަކު އަނެކަކަށް އެހީވެ، ވާގިވެރި ނުވާށެވެ!

 

 

މިއަދު އޮންލައިން