ޒަވާޖީ ޙަޔާތް ބާއްޖަވެރިކޮށް އުފާވެރިކުރުވަން ބޭނުން ނަމަވެސް ޢަޖުމަ ބަލައިލަންވެސް ނިކަން މިމަގު ތަޖުރިބާކޮށްބަލާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 39ސ
ޒަވާޖީ ޙަޔާތް ބާއްޖަވެރިކޮށް އުފާވެރިކުރުވަން ބޭނުން ނަމަވެސް ޢަޖުމަ ބަލައިލަންވެސް ނިކަން މިމަގު ތަޖުރިބާކޮށްބަލާށެވެ!

މިއަދު ކުރިމަތިވެފައިވާ މައްސަލަތަކުގެ އެންމެ ބޮޑުބައެއް ޙިއްޞާކުރަނީ ޢާއިލީ މައްސަލަތަކެވެ. ދެމަފިރިންގެ މެދުގައި މައްސަލަތައް ޖެހި ކައިވެނިތައް ރޫޅިގެންދިއުން ގިނަވުމެވެ. އެކަންކަމުގެ ސަބަބުން ގިނަ ޢަދަދެއްގެ ކުދިން ނުވަތަ ދަރިންނަށް ލިބެންޖެހޭ ތަރުބިއްޔަތު ނުލިބި ބޮޑެތިވާންޖެހުމެވެ. 

ރަނގަޅަށް ބަލާށެވެ. ދުނިޔޭގައި ގިނައީ ފަޤީރުންނެވެ. ނަމަވެސް އެންމެ ގިނަބައަކަށް ހިތާމަތަކާއި ހިތްދަތިކަން ލިބެމުން އަންނަނީ ޒަވާޖީ ޙަޔާތުގައި ކުރިމަތިވާ މައްސަލަތަކުގެ ސަބަބުންނެވެ. ދުނިޔޭގައި ތިބި ފަޤީރުންގެ ޢަދަދަށްވުރެ ޒަވާޖީ ޙަޔާތުގައި މައްސަލަތައް ކުރިމަތިވުމުގެ ސަބަބުން ހިތާމަތަކާއި ހިތްދަތިކަން ކުރިމަތިވެފައިވާ މީހުންގެ ޢަދަދު މާގިނަވާނެއެވެ. 

މިމައްސަލައިގެ ޙައްލު އޮތީ އަހުރެމެންގެ އަތްމަތީގައެވެ. ދެމަފިރިންނަކީވެސް ޚުލްޤް ރަނގަޅު ދެމީހުން ކަމުގައިވާންވީއެވެ. ޤުރްއާނުގައިވާ މަގުން ޢަމަލުކުރުމަށް ލޯބިކުރާ ދެމީހުން ކަމުގައިވާންވީއެވެ. 

ރަސޫލާ މުޙައްމަދު ޞައްލަ ﷲ ޢަލައިހި ވަސައްލަމް ގެ ޚުލްޤުފުޅާ ބެހޭގޮތުން ޢާއިޝަތުގެފާނާ ސުވާލު ދެންނެވުމުން އެކަމަނާ ވިދާޅުވިއެވެ. كان خلقه القرآن އެކަލޭގެފާނުގެ މާތް ޚުލްޤުފުޅަކީ ކީރިތި ޤުރްއާނެވެ. 

ރަސޫލާ މުޙައްމަދު ޞައްލަ ﷲ އަލައިހި ވަސައްލަމް ޙަދީޘު ކުރެއްވިއެވެެ. 

إنما بُعِثْتُ لأُتَمِّمَ مكارمَ و في روايةٍ ( صالحَ ) الأخلاقِ

މާނައީ: ތިމަންކަލޭގެފާނު ފޮނުއްވުނީ މަކާރިމުލް އަޚްލާޤުގެ މާތް ސިފަތައް ފުރިހަމަ ކުރެއްވުމަށްޓަކައެވެ. 

ދެމަފިރިންނަކީވެސް އަޚްލާޤް ރަނގަޅު ދެމީހުން ކަމުގައި ވެވިއްޖެނަމަ ޖެހޭނެ މާގިނަ މައްސަލަތަކެއް ނުހުންނާނެއެވެ. އަދި މައްސަލައެއ ޖެހުނަސް ޙައްލުކުރުމަކީ ކުރަން އުނދަގޫ ކަމަކަށްވެސް ނުވާނެއެވެ. އިން ޝާ ﷲ

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން