ފަތިސްނަމާދު ޖަމާޢަތުގަ ކުރަން ފެށުމުން ކުރާނެ ފައިދާތަކުގެ ތެރެއިން އެންމެ ބޮޑު 2 ފައިދާ!-: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 10ސ
ފަތިސްނަމާދު ޖަމާޢަތުގަ ކުރަން ފެށުމުން ކުރާނެ ފައިދާތަކުގެ ތެރެއިން އެންމެ ބޮޑު 2 ފައިދާ!-: މުފްތީ މެންކް

ހަމަގައިމުވެސް ފަތިހު ތިބާ ހުންނަނީ ގޭގައި ނޫންހެއްޔެވެ؟ ވީމާ ފަތިސް ނަމާދު ޖަމާޢަތުގައި ކުރަން ފަށާށެވެ! އެއިރުން ދެން ހުރި ނަމާދުތައް މިސްކިތުގެ ޖަމާއަތުގައި ނުކޮށް ހިތްހަމަވެސް ނުޖެހޭނެއެވެ.

ފަތިސްނަމާދުން ޖަމާޢަތުގައި ކުރަން ފަށައިފި މީހަކަށް، އެމީހާގެ އާޚީރަތަށްޓަކައި ކުރާނެ އެންމެ ބޮޑު އެއް ފައިދާއަކީ އެއީއެވެ. އެހެނީ މީހާގެ ހުރިހާ ކަމަކަށްވުރެ އިސްކަންދޭންޖެހޭނެ ކަމަކީ ފަރުޟު 5 ނަމާދު ޖަމާޢަތުގައި ކުރުން ކަމުގައިވާތީއެވެ. 

ދުނިޔޭގެ ދިރިއުޅުމަށް ކުރާނެ އެންމެ ބޮޑު ފައިދާއަކީ އެދުވަހަކު އެމީހަކު ﷲ ތަޢާލާގެ ޙިމާޔަތުގައި ހުންނާނެކަމެވެ. ދެވަނަ ކަމަކީ ދިރިއުޅެންކުރާ މަސައްކަތްތަކުގައި ބަރަކާތް ލައްވަވާނެ ކަމެވެ. އިން ޝާ ﷲ 

ދެން މިހިސާބުން ފުރަތަމަ ކޮށްލާނީ ސުވާލެކެވެ. އެ ސުވާލަކީ ބިޒީކަމުން ޖަމާޢަތުގަ ނަމާދުކުރަން އުނދަގޫވާ ކަމަށް ބުނާ މީހުން ދުވާލަކު ދެތިން ގަޑިއިރު ފޯނުގަ ތިބޭނަމަ އާޚިރަތް ހޯދަން އެބަ މަސައްކަތްކުރެވޭ ހެއްޔެވެ؟ 

ބައެއް މީހުން ބުނެއެވެ. މެންދުރު ނަމާދާއި ޢަޞްރު ނަމާދު ވަގުތު މަސައްކަތުގައި އުޅެން ޖެހޭތީ މިސްކިތަށް ނުދެވެނީއެވެ. އެހެންވެ މިސްކިތަށް ޖަމާއަތަށް ދާން ފަރުވާ ކުޑަކުރެވެނީއެވެ. ވިސްނާލަމް އޮތް ކަމަކީ ކިތަންމެ ވަރަކަށް މަސައްކަތްކުރި ނަމަވެސް ކާމިޔާބީ ޙާޞިލްވާންއޮތީ ﷲ ތަޢާލާ އެކަމެއް ހިންމަވައި ދެއްވެވުމުން ކަމެވެ. ވީމާ ވިސްނުން ބަދަލުކޮށް ޖަމާޢަތުގައި ނަމާދުކުރަން އިސްކަންދޭށެވެ.

 

- މުފްތީ މެންކުގެ ދަރުސަކުން 

 

މިއަދު އޮންލައިން