މިއަދުނޫސް ޓީޝާޓަކާ 4 ފުޅި ހުވަނދު ލިބޭ މިއަދުގެ ސުވާލު: ކައިވެނިކުރަން ރަނގަޅީ ރީތި ނޫން މީހުންނާއި ހެއްޔެވެ؟ ސުވާލާ ޖަވާބު ވިދާޅުވެފަ ޖަވާބު ދެއްވާ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 5ސ
މިއަދުނޫސް ޓީޝާޓަކާ 4 ފުޅި ހުވަނދު ލިބޭ މިއަދުގެ ސުވާލު: ކައިވެނިކުރަން ރަނގަޅީ ރީތި ނޫން މީހުންނާއި ހެއްޔެވެ؟ ސުވާލާ ޖަވާބު ވިދާޅުވެފަ ޖަވާބު ދެއްވާ!

އަހުރެންނަކީ ރީތީގެ ރާނީއަކަށް ނުވި ނަމަވެސް އެހައި ސިފަ ހުތުރު އަންހެނެއް ނޫނެވެ. އަހުރެން އަދި ކައިވެންޏެއް ނުކުރަމެވެ. ޢުމުރުން މިހާރު 35 ވެއްޖެއެވެ. އެހެންވެ އެކުވެރިން ބުނަނީ ސިފަ ރީތި ނޫން ފިރިހެނަކާއި ކައިވެނިކުރުމަށެވެ. އެއީ ރަނގަޅު ޚިޔާލެއްހެއްޔެވެ؟ ސުވާލު އުފެދެނީ އެމީހުން ރީތި ފިރިހެނުންނާއި ކައިވެނިކޮސްގެން ތިބީމައެވެ. 

ޖަވާބު: 

ބުނަންހެއްޔެވެ؟ ފުރަތަމަ ކަމަކަށް އެމީހުން އެބުނަނީ ތެދަށެވެ. ކައިވެނިކުރަންވީ ރީތި ނޫން މީހުންނާއިއެވެ. ފިރިހެނަކު ނަމަވެސް އަދި އަންހެނަކު ނަމަވެސް މެއެވެ. ސަބަބަކީ އޭނާއަށް ބޭނުންވެގެން ފަހަތުން ދުވާ މީހުންނާއި ދައުވަތުތައް ދޭނެ މީހުން މަދުވާނެތީއެވެ. ވީމާ ޖެހޭ މައްސަލަތައް މަދުވާނެތީއެވެ. 

ދެން ތިއަ ފާހަގަކުރި ކަންތަކުގައި ބުނަން އޮތީ ރީތި މީހުންނާއި ކައިވެނިކޮށްގެން ތިބެ ހުތުރު މީހުންނާއި ކައިވެނިކުރަން އެބުނަނީ ތިބާއަށް ހެޔޮއެދޭތީއެވެ. ރުޅިއަކުން، އަދި ދެރައެއް ދޭކަށްވެސް ނޫނެވެ. އެމީހުންގެ އަމިއްލަ ތަޖުރިބާއަށް ބަލައެވެ. ރީތި މީހުންނާއި ކައިވެނިކުރުމުން އޮބިނޯވެގެން އެކަމުގެ ހިތާމައިގައި އޭނާ އުޅެމުންދާތީއެވެ. 

މިސުވާލާ ޖަވާބު ވިދާޅުވެފަ ކިޔުންތެރިން ޖަވާބުދެއްވާށެވެ! މާދަމާ، 15 ޖަނަވަރީ، ހޯމަދުވަހުގެ ރޭގެ 12 ޖެހުމުގެ ކުރިން ޖަވާބު ދެއްވާ ކިޔުންތެރިންގެ ތެރެއިން 1 ކިޔުންތެރިއަކަށް 4 ފުޅި ހުވަނދު އަދި 1 ކިޔުންތެރިއަކަށް މިއަދުނޫސް ޓީޝާޓެއް ލިބިވަޑައިގަންނަވާނެއެވެ. އިން ޝާ ﷲ

މިއަދު އޮންލައިން