ބައިވެރިޔާއާއި އެކުވެރިންނާއި ވަކިނުވެ އެކުގަ ހުރުމަށް އެންމެ މުހިންމު ސިފަ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 6ސ
ބައިވެރިޔާއާއި އެކުވެރިންނާއި ވަކިނުވެ އެކުގަ ހުރުމަށް އެންމެ މުހިންމު ސިފަ!

އެންމެ ގާތް އެކުވެރިންގެ ގޮތުގައި ވަރަށް ގިނަ މީހުން ގެންގުޅޭ މީހުން އުޅެއެވެ. ނަމަވެސް އެއީ ބުއްދިވެރި ގޮތެއް ނޫނެވެ. ސަބަބަކީ އެއެންމެން ބުނާ ގޮތަށް ކަންތައް ކުރުމަކީ ކުރެވޭނެ ކަމަކަށް ނުވާތީއެވެ. ވީމާ އެންމެ ރަނގަޅު ގޮތަކީ އެކުވެރިން ކިތަންމެ ގިނަ ނަމަވެސް އެންމެ ގާތް އެކުވެރިންގެ ގޮތުގައި 2 މީހަކު އިޚްތިޔާރުކުރުމެވެ. 

އަދިވެސް އެއްވާހަކަ ބުނެލާނަމެވެ. އެކުވެރިއެއްގެ ގާތުގައި އިތުބާރުގެއްލިއްޖެނަމަ އެކަން ފޫބެއްދުމަކީ އެހައި ފަސޭހައިން ކުރެވޭނެ ކަމެއް ނޫނެވެ. ވީމާ ކިތަންމެ ކުޑަ ކަމެއްގައި ނަމަވެސް އަދި ބޮޑުކަމެއްގައި ނަމަވެސް ދޮގުނުބުނާށެވެ. 

ތެދުދުބަހުން ބުނާށެވެ. މާފަށް އެދެންޖެހޭ ބާވަތުގެ ކަމެއް ނަމަވެސް ތެދަށް ބުނެފައި މާފަށް އެދޭށެވެ. އެއިރުން އެކަމުގެ ސަބަބުން ފަހަރެއްގައި އެކުވެރިޔާ ހިތްހަމަނުޖެހުނު ކަމުގައިވީނަމަވެސް އިތުބާރެއް ނުގެއްލޭނެއެވެ. 

ވަރިގިނަވާ ވާހަކަ އެބަ ދައްކަމުއެވެ. އަދި އެކުވެރިން ވަކިވާ ވާހަކަވެސް އެބަ ދައްކަމުއެވެ. ނިކަން ބުނެބަލާށެވެ. އެންމެ ފަހަރަކުވެސް މިބުނި ކަންކަމަށް ވިސްނައިލަމުހެއްޔެވެ؟ ތެދުިވެރިއަކަށްވާން މަސައްކަތްކުރެވޭ ހެއްޔެވެ؟ 

ތެދުވެރިއަކަށް ވެވިއްޖެނަމަ މިފަދަ މައްސަލަތައް ޙައްލުކުރެވޭނެއެވެ. ކައިވެނި ރޫޅާލަންޖެހުމާއި އެކުވެރިން ގެއްލުމުގެ މައްސަލަތައް މަދުވެގެންދާނެއެވެ. އެއީ އެމީހަކަށް ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބިގެންދާނެތީއެވެ. އިން ޝާ ﷲ 

- އަލަފް / މިއަދުނޫސް 

މިއަދު އޮންލައިން