ތިބާއާ ޙަވާލުކުރެއްވި މަސްއޫލިއްޔަތު އަދާކުރިގޮތާމެދު ކުރައްވަވާނެ ސުވާލަށް ޖަވާބުދޭން ތައްޔާރުވާން ކުރަންޖެހޭނެ ކަންކަން-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 25ސ
ތިބާއާ ޙަވާލުކުރެއްވި މަސްއޫލިއްޔަތު އަދާކުރިގޮތާމެދު ކުރައްވަވާނެ ސުވާލަށް ޖަވާބުދޭން ތައްޔާރުވާން ކުރަންޖެހޭނެ ކަންކަން-

ތިބާ ދުނިޔެއަށް ފޮނުއްވެވުނީ ކީއްކުރަންތޯ ކުރެވޭ ސުވާލުގެ ޖަވާބަކީ އެންމެން ދަންނަ ޖަވާބެކެވެ. އެއީ ﷲ ތަޢާލާއަށް އަޅުކަންކުރުމެވެ. އެއީ ފުރިހަމަ ގޮތުގައި ﷲ ތަޢާލާއަށް ކިޔަމަންތެރިކަން އަދާކުރުމެވެ. ﷲ ތަޢާލާއަށް ކިޔަމަންތެރިކަން އަދާކުރަމުން ކުރާ ކޮންމެ ޢަމަލެއްވެސް ވާނީ އަޅުކަމުގެ ތެރެއިންނެވެ. 

އެހެނަސް ގިނަބައަކަށް ޖަވާބުދޭން އުނދަގުވާ ސުވާލެއް އެބައޮތެވެ. އެއީ ތިބާއާއި ﷲ ތަޢާލާ ޙަވާލުކުރެއްވެވި މަސްއޫލިއްޔަތު އެބަ އަދާކުރަމުތޯ؟ ކުރެވޭ ސުވާލެކެވެ. މިސުވާލުގެ ޖަވާބަކަށްވާން ޖެހޭނީ އެމީހަކަށް ﷲ ތަޢާލާ ދެއްވަވާ ނިޢުމަތްތަކުގެ ބޭނުންހިފާގޮތެވެ. ބޭނުން ހިފާ މިންވަރެވެ. 

މިއީ ކޮންމެ މުސްލިމަކުވެސް ވިސްނަން ޖެހޭނެ ކަމެކެވެ. މިއީ ﷲ ތަޢާލާގެ ޙަޟްރަތުގައި ހުއްޓިހުންނަން ޖެހޭ ވަޤުތު ޖަވާބުދޭންޖެހޭނެ ކަމެކެވެ. އެވަޤުތު ސުވާލުގެ ޖަވާބު ދެވޭނީ މިއަދު ދުނިޔޭގައި ހުރެ އެކަމަށް ވިސްނައިފިނަމައެވެ. ނުވިސްނައިފިނަމަ އޮންނާނީ ޖަވާބު ނުދެވިފައެވެ. 

ވީމާ އެންމެ މުހިންމު ކަމެއްގެ ގޮތުން ކުރަންޖެހޭ އެއް ކަމަކީ ތިމާއަށް ދެއްވަވާ ނިޢުމަތްތަކުގެ ބޭނުން އެންމެ ރަނގަޅު ގޮތުގައި ހިފުމެވެ. އާޚިރަތް ދުވަހަށް ފައިދާކުރާނެ ގޮތަކަށް ހުރިހާ ކަމެއްވެސް ކުރަމުން ގެންދިއުމުންނެވެ. 

ވީމާ ކޮންމެ މީހަކުވެސް ފުރަތަމަކަމަކަށް ތިމާ ކުރާ ކޮންމެ ކަމެއްގައިވެސް ﷲ ތަޢާލާއަށް ކިޔަމަންތެރިވުން އިސްކުރާށެވެ. ހަމައެއާއިއެކު ކުރާ ކޮންމެ ކަމެއްގައި ތެދުވެރިވާށެވެ. އެންމެ ދޮގެއްވެސް ނުބުނަން މަސައްކަތްކުރާށެވެ. އަދި ތިމާގެ އާޚިރަތަށް ދައިދާނުކުރާނެ އެއްވެސް ކަމެއް ނުކުރާށެވެ. ހަމައެއާއިއެކު ވީހައި ގިނަ ޘަވާބު ލިބޭނެ ގޮތަށް ކޮންމެ ކަމެއްވެސް ކުރަމުން ގެންދާށެވެ. އެއިރުން އެއޮތީ މިބަޔާންކުރި ޖަވާބުދޭން އުނދަގޫވާ ސުވާލަށް ޖަވާބު ދެވިފައެވެ. އިން ޝާ ﷲ 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން