ބިރުވެތިވޭ! ކުރާ ފާފަތައް ދުނިޔޭގަ ސިއްރު ކުރެވުނަސް ޤިޔާމަތް ދުވަހު ދުލުގަ ގޮށްޖައްސަވައި ގުނަވަންތައް ހެކިދޭނެ ވަޤުތު ހަމަ އެންމެ ފާފައެއްވެސް ސިއްރެއް ނުކުރެވޭނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 10ސ
ބިރުވެތިވޭ! ކުރާ ފާފަތައް ދުނިޔޭގަ ސިއްރު ކުރެވުނަސް ޤިޔާމަތް ދުވަހު ދުލުގަ ގޮށްޖައްސަވައި ގުނަވަންތައް ހެކިދޭނެ ވަޤުތު ހަމަ އެންމެ ފާފައެއްވެސް ސިއްރެއް ނުކުރެވޭނެ!

ޤިޔާމަތްވެ މްޙްޝަރުގެ މައިދާނުގައި ކޮންމެ މީހެއްގެވެސް ހިސާބު ބައްލަވާނީ ވަކިވަކިންނެވެ. ވައަތަށް ފަތް ލިބުނު މީހުން އެމީހެއްގެ ފަތުގައިވާ އެއްޗަކަށް އިންކާރުކުރާނެއެވެ. އަދި ފަތުގައިވާ އެއްޗެއް ދޮގުކުރަން މަސައްކަތްކުރާނެއެވެ.

އެހިނދު ﷲ ތައާލާ އެމީހެއްގެ ދޫ ބަންދު ކުރައްވަވާނެތެވެ. އަދި އެމީހެއްގެ ލޮލުން ބެލި ބެލުންތަކާއި ލޮލާއި ސުވާލު ކުރައްވަވާނެތެވެ. އަތުން ކުރި ކަންތައްތަކާއި އަތާއި ސުވާލުކުރައްވަވާނެތެވެ. ފައިން ކުރި ކަންތައްތަކާއި ފައާއި ސުވާލުކުރައްވަވާނެތެވެ.

އެގޮތަށް ގުނަވަންތަކާއި ސުވާލުކުރައްވަވައި ނިމުމުން ޖަވާބުދާރީ ވުމުގެ ފުރުޞަތު އެމީހަކަށް ދެއްވަވާނެތެވެ. އެއިރު އެމީހަކު ކުރި ހުރިހާ ކަންކަމަށް ގުނަވަންތައް ވާނީ ހެކިދީ ނިމިފައެވެ. ވީމާ އިތުރަށް ބުނެވޭނީ ކީކޭ ހެއްޔެވެ؟

އެހިނދު އޭނާ ކުށްވެރި ކުރާނީ އޭނާގެ ގުނަވަންތަކެވެ. ހެކި ދިނީތީއެވެ. އަދި ބުނާނެތެވެ. "އަހަރެން މަސައްކަތްކުރީ ކަލޭމެން ނަރަކައިން ސަލާމަތްކުރާށެވެ!" އެހިސާބުން އެމީހަކު ގެންދެވުމަށް މަލާއިކަތުންނަށް ﷲ ތަޢާލާ އަމުރުފުޅު ކުރައްވަވާނެތެވެ! ގެންދެވޭނީ ނަރަކައަށެވެ. އެކަން ހުއްޓުވަން އެއްވެސް މީހަކަށް ކުރެވޭނީ ކޮން ކަމެއް ހެއްޔެވެ؟

މީސްތަކުންނޭވެ! މިކަންކަމަށް ބިރުވެތިވާންވީ ޤިޔާމަތް ދުވަހަކު ނޫނެވެ. މަރުވުމުގެ ކުރިންނެވެ. ތައުބާވުމަށް އަވަސްވެގަންނާށެވެ! ކުރެވުނު ފާފަތަކަށް ތައުބާވެ ﷲ ތަޢާލާ ރުހިވޮޑިގަންނަވާ އަޅެއްގެ ގޮތުގައި ނޫނީ މަރުނުވަން މަސައްކަތްކުރާށެވެ!

--ޑރ. އަޙްމަދު ޞިދްޤީގެ ދަރުސަކުން

މިއަދު އޮންލައިން