ބޭވަފާތެރިވުމަކީ ޒަވާޖީ ޙަޔާތުގެ އެންމެ ބޮޑު ޒަހަރު! އެޒަހަރު ބޮވެން ފަށައިފިނަމަ ލިބޭ ގެއްލުންތަކުން ސަލާމަތްކުރެވޭނެ ޑޮކްޓަރަކު ނުހުންނާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 14ސ
ބޭވަފާތެރިވުމަކީ ޒަވާޖީ ޙަޔާތުގެ އެންމެ ބޮޑު ޒަހަރު! އެޒަހަރު ބޮވެން ފަށައިފިނަމަ ލިބޭ ގެއްލުންތަކުން ސަލާމަތްކުރެވޭނެ ޑޮކްޓަރަކު ނުހުންނާނެ!

ބައެއް މީހުން ބައިވެރިޔާއަށް މަކަރުހަދާފައި ބުނަނީ ތަފާތު ރަހައެއް ބަލައިލަން ބޭނުންވީ ކަމަށެވެ. އެއީ ކޮންމެހެން ބައިވެރިޔާ ދެކެ ލޯބިނުވާތީ ކުރިކަމެއް ނޫން ކަމަށެވެ. އަދި ބައިވެރިޔާގެ މަތިން ފޫހިވެގެންވެސް ކުރިކަމެއް ނޫން ކަމަށެވެ. 

އެފަދަ މީހުންނަށް އަހުރެން ކޮށްލަން ބޭނުންވާ ފުރަތަމަ ސުވާލަކީ ހަމަ ތިބާ ފަދައިން ބޭނުންވެގެން ތިބާ ކުރިފަދަ ބައިވެރިޔާ ކޮށްފިނަމަ އެކަން ތިބާ ބަލައިގަންނާނަން ހެއްޔެވެ؟ ޖަވާބަކީ އާނއެކެވެ ކަމަށްވާނަމަ އެއިގެ މާނައަކީ ތިބާ ބައިވެރިޔާ ދެކެ ލޯބިނުވާ ކަމެވެ. 

އެކުވެރިންނޭވެ! ބޭވަފާތެރިވުމަކީ ޒަވާޖީ ޙަޔާތުގެ އެންމެ ބޮޑު ޒަހަރެވެ. އެޒަހަރު ބޮވެން ފަށައިފިނަމަ ލިބޭ ގެއްލުންތަކުން ސަލާމަތްކުރެވޭނެ ޑޮކްޓަރަކު ނުހުންނާނެއެވެ. މިއީ ހަމަ ކޮންމެ މީހަކުވެސް ޤަބޫލުކުރަންޖެހޭނެ ކަމެކެވެ. 

ދިރިއުޅެން ކުރާ މަސައްކަތުގެ ޙަޤީޤީ ކާމިޔާބީ ގުޅިފައިވަނީ ތެދުވެރިކަމާއިއެވެ. ހަމައެފަދައިން ޒަވާޖީ ޙަޔާތުގެ ކާމިޔާބީ އާއި އުފާވެރިކަންވެސް ގުޅިފައިވަނީ ތެދުވެރިކަމާއިއެވެ. ތެދުވެރިކަމާއި ވަފާތެރިކަން ނެތި ޒަވާޖީ ޙަޔާތަކަށް ލިބޭނެ އުފާވެރިކަމެއްވެސް އަދި ކުރިއެރުމެއްވެސް ނެތެވެ. 

ބުފޭއެއްގައި ކިތަންމެ ބައިވަރު ވައްތަރުގެ ސޫޕް ހުއްޓަސް ހުރިހާ ސުޕެއްގެ ރަހަބެލުމަކީ މީހުން ކުރާކަމެއް ނޫނެވެ. ރަހަބަލާނީވެސް އަދި ބޯން ބޭނުންވާނީ އެމީހަކަށް އެންމެ މީރު ވައްތަރުގެ ސުޕެކެވެ. ވީމާ ބައިވެރިޔާގެ މައްޗަށް އޮތް އިތުބާރު ގެއްލުވައި ނުލާށެވެ! ތިމާއަށް ބޭނުންވާ ހުރިހާ އުފާވެރިކަމެއްވެސް ލިބޭނީ ބައިވެރިޔާގެ ކިބައިންކަން ޔަޤީންކުރާށެވެ. ނޫނީ އެމީހަކަށް ދުވަހަކުވެސް ޙަޤީޤީ ހިތްހަމަޖެހުމެއް ނުލިބޭނެއެވެ.

 

- އަލަފް / މިއަދުނޫސް  

މިއަދު އޮންލައިން