ޤަލަމް ސޫރަތުން މުޝްރިކުންގެ ސިފަތައް –

ކިޔުމަށް ހޭދަވާނީ 2މ 28ސ
ޤަލަމް ސޫރަތުން މުޝްރިކުންގެ ސިފަތައް –

ޢާއިޝަތު ރިފާޙް ޢަލީ

 

ﷲ ތަޢާލާ ޤަލަމް ސޫރަތުގެ 5 އަދި 6 ވަނަ އާޔަތުގައި އަންގަވާފައިވެއެވެ. 

فَسَتُبْصِرُ وَيُبْصِرُونَ ﴿٥﴾‏ بِأَييِّكُمُ الْمَفْتُونُ ﴿٦﴾‏

މާނައީ: "މޮޔަވެފައިވަނީ ތިޔަބައިމީހުންކުރެ ކާކުކަން ފަހެ، ކަލޭގެފާނަށް ފެނިވަޑައިގަންނަވާނެތެވެ. އަދި އެއުރެންނަށްވެސް ފެންނާނެތެވެ. (5–6)" 

އެގޮތުން ﷲ ތަޢާލާ މުޝްރިކުންނަށް ރައްދު ދެއްވާ މިއާޔަތްތައް ބާވައިލެއްވިއެވެ. އެގޮތުން މިއާޔަތްތަކުން ﷲ ތަޢާލާގެ އަމުރުފުޅުތަކަށް ޚިލާފުވެ، ރަސޫލުން ދޮގުކޮށް، ޤިޔާމަތް ދުވަސް ދޮގުކޮށް، މޮޔަވެ މަގުގެއްލިފައިވާ މީހުންނަކީ ކޮން ބައެއްކަން އެނގިގެންދާނެކަން ކަށަވަރެވެ. އެގޮތުން ޤަމަރް ސޫރަތުގައި 26 ވަނަ އާޔަތުގައި ﷲ ތަޢާލާ ވަޙީ ކުރައްވާފައިވެއެވެ. 

سَيَعْلَمُونَ غَدًا مَّنِ الْكَذَّابُ الْأَشِرُ ﴿٢٦﴾‏

މާނައީ:" ބޮޑު ދޮގުވެރި، ބޮޑާ މީހަކީ ކާކުކަން މާދަމާ (އެބަހީ: عذاب އަންނަދުވަހު) އެއުރެންނަށް ނިކަންހުރެ އެނގޭނެތެވެ. (26)" 

އެކަމާ ގުޅޭގޮތުން ސަބައަ ސޫރަތުގެ 24 ވަނަ އާޔަތުގައި ވަހީ ކުރައްވާފައިވެއެވެ. 

وَإِنَّا أَوْ إِيَّاكُمْ لَعَلَىٰ هُدًى أَوْ فِي ضَلَالٍ مُّبِينٍ ﴿٢٤﴾‏

މާނައީ:  "އަދި ހަމަކަށަވަރުން، ތިމަންމެން ނުވަތަ ތިޔަބައިމީހުންވަނީ، ތެދުމަގުގައި، ނުވަތަ ބަޔާންވެގެންވާ މަގުފުރެދުމެއްގައިކަން ކަށަވަރެވެ. (24)" 

ދެން ﷲ ތަޢާލާ އެބައިމީހުންގެ ސިފަތައް ބަޔާން ކުރައްވަމުން ވަޙީ ކުރައްވާފައިވެއެވެ. 

ދޮގުހެދުން : 

فَلَا تُطِعِ الْمُكَذِّبِينَ ﴿٨﴾‏

މާނައީ: "ފަހެ، ދޮގުކުރާ މީހުންނަށް ކަލޭގެފާނު ކިޔަމަންވެވަޑައިނުގަންނަވާށެވެ! (8)" 

ދޮގުހުވާ ކުރުން: 

وَلَا تُطِعْ كُلَّ حَلَّافٍ مَّهِينٍ ﴿١٠﴾‏

މާނައީ: "އަދި ގިނަގިނައިން ހުވާކޮށްހަދާ، އިހާނަތްތެރިކަން ލިބިގެންވާ ކޮންމެ މީހަކަށް ކަލޭގެފާނު ކިޔަމަންވެވަޑައިނުގަންނަވާށެވެ! (10)"

މިއަދު އޮންލައިން