މަޙްޝަރުގެ މައިދާނުގަ ހުންނައިރު ގުނަވަން ކުނިވެ ފައިބާ ކުނިދިޔައިން އިންތިހާއަށް ނުބައިވަސްގަދަވާ ޙާލުގައި އަދި އަލިފާނުގެ އުލަކަށް މެހިގެން ނުހުރެ ސަލާމަތްވާނީ ހާދަ މައދުބައެކޭ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 4ސ
މަޙްޝަރުގެ މައިދާނުގަ ހުންނައިރު ގުނަވަން ކުނިވެ ފައިބާ ކުނިދިޔައިން އިންތިހާއަށް ނުބައިވަސްގަދަވާ ޙާލުގައި އަދި އަލިފާނުގެ އުލަކަށް މެހިގެން ނުހުރެ ސަލާމަތްވާނީ ހާދަ މައދުބައެކޭ!

ޒިނޭކުރުން ޢާންމުވެފައިމިވަނީ ޤިޔާމަތް ދުވަހަށާއި ނަރަކައިގެ ޢަޛާބަށް އަދި އެއިގެ ކުރިން ކުރިމަތިލާންޖެހޭ ކައްވަޅުގެ ޢަޛާބަށްވެސް ބިރުވެތިވާ މީހަކުނަމަ ބިރުން ތުރުތުރުއަޅާ މިންވަރަށެވެ. ކައިވެނިކޮށްގެން ތިބުމަކުން ޢުމުރުން ދުވަސްވެ މުސްކުޅިވުމަކުން ޒިނޭ ނުކުރަނީ މިވެނި މީހެއްކަމަށް ބުނަން އުނދަގޫޙާލަތަށް ޒިނޭކުރުން މިވަނީ ޢާންމުވެފައެވެ. 

ޒިނޭކުރާމީހުން:  އަނެއް ބަޔަކު މީހުންގެ عَيْبُ ގުނަވަންތައް ބޮޑުވެ ނުކުޅަދާނަވަރުވެ އެތަންތަނުން ފައިބާ ފައު ދިޔަވަރުގެ ކުނިކަމުން ކައިރިވެއްޖެމީހަކަށް ވިއްޔާ އުނދަގޫ ލިބޭނެއެވެ. (ޒިނޭކުރާ މީހުން)  

ލިވާޠުކުރާ މީހުން: އަނެއްބަޔަކު އަލިފާނުން ހުންނަ އުލުގައި ބެއިންދިގެންވާނެއެވެ. (ލިވާޠްކުރި މީހުން)  

ދޮގުހަދާ މީހުން: އަނެއްބަޔަކުގެ ދޫތައް މޭމަތީން ނުކުމެ ނުހަނު ހުތުރު ކަންބޮޑުވެގެންވާ ހުއްޓެވެ. (ދޮގުހަދާ މީހުން)  

ސޫދުކާ މީހުން: އަނެއްބަޔަކު ބޮޑުވެ ފަރުބަދައެއްހެން ވެގެންއުޅޭނެތެވެ. އެއި ސޫދުކާމީހުންނެވެ. ކޮންމެ ފާފައަކުގެވެރިއަކު ކިބައިން އެފާފައެއްގެ ނުބައިކަން ފާޅުވެ އެކަމަކުން ނުލާހިކު އުނދަގޫ ލިބިގެންވާހުއްޓެވެ. 

- މަޢުލޫމާތު: ފަޟީލަތުއްޝައިޚް ޙުސައިން ޞަލާޙުއްދީން ލިޔުއްވާފައިވާ " اللَّمْعَةُ الظَّاهِرَة- ޤިޔާމަތުގެ ވާހަކަ" ފޮތުން

 

 

 

މިއަދު އޮންލައިން