ކައިވެންޏަށްފަހު 4 ކަމެއްގައި ފަރުވާކުޑަކުރެވޭނަމަ ނުވަތަ އިހްމާލްވާނަމަ ބައިވެރިޔާ ބަލާކަށް ނުހުންނާނެ! ހުރެގެންވެސް ނުވާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 29ސ
ކައިވެންޏަށްފަހު 4 ކަމެއްގައި ފަރުވާކުޑަކުރެވޭނަމަ ނުވަތަ އިހްމާލްވާނަމަ ބައިވެރިޔާ ބަލާކަށް ނުހުންނާނެ! ހުރެގެންވެސް ނުވާނެ!

ކޮންމެ މީހަކުވެސް ކައިވެނިކުރާނީ އެކަނިހުރުމުން ނުލިބޭނެ ކަންތައްތަކެއް ޙާޞިލްކުރުމަށެވެ. ވީމާ ކައިވެންޏަށްފަހު އެކަންކަން ނުލިބޭނަމަ ކުޅިބަލާކަށް ގިނަ ބައަކު ނުތިބޭނެއެވެ. ކައިވެނި ނިމުމަކަށް ގެންނާނެ ފުރުޞަތަކަށް ބަލަންފަށާނެއެވެ. 

އެއީ އެއްވެސް ޙާލެއްގައި އޭނާގެ ނުބައިކަމަކުން ނޫނެވެ. އެއީ ކައިވެނީގެ ތެރެއިން ޙާޞިލްކުރަން ބޭނުންވި ކަންކަން ޙާޞިލްނުކުރެވުނީތީއެވެ. ނުވަތަ ޙާޞިލްވަމުން ނުދާތީއެވެ. އެހިސާބުން އަންހެނުންވެސް އަދި ފިރިހެނުންވެސް މާޔޫސްވާންފަށާނެއެވެ. 

އެއްވެސް މީހަކީ މުޅި ޢުމުރު މާޔޫސްކަމުގައި ހޭދަކޮށްލަން ބޭނުންވާނެ މީހެއް ނޫނެވެ. ކޮންމެ މީހަކީވެސް އުފާވެރިކަން ބޭނުންވާނެ މީހެކެވެ. ހިތްހަމަޖެހިގެން ދިރިއުޅެން ބޭނުންވާނެ މީހެކެވެ. ވީމާ އެޙާލަތުގައި އަނެކާ ކުށްވެރިކުރުމެއް ނެތެވެ. ޤަބޫލުކުރަންވީ ތިމާގެ އަމިއްލަކުށެވެ. 

ކައިވެނީގެ ތެރެއިން އެކި މީހުން ޙާޞިލްކުރަން ބޭނުންވާނީ އެކި ކަންކަމެވެ. އަދި އެކި މިންވަރަށެވެ. އެއިގެ ތެރެއިންވެސް އެންމެންވެސް ކޮންމެހެން ބޭނުންވާނެ ކަންތައްތަކެއް ވެއެވެ. އެގޮތުން ލޯބިލިބުމާއި އަޅައިލުން ލިބުމާއި ކޮށްދޭ ރަނގަޅު ކަންކަމަށް ތައްރީފްލިބުމާއި އެއްދާންކުރުމަކީ ހަމަ ކޮންމެ މީހަކުވެސް ބޭނުންވާނެ ކަންކަމެވެ. 

ފައިސާގެ ދަހިވެތިކަމުގައި ނުވަތަ އަނެކާގެ ކިބައިން ލިބިދާނެ މަންފާއަކަށްޓަކައި ކައިވެނިކުރާ ބައަކު ފިޔަވައި އެހެން އެންމެންވެސް މިކަންކަން ނުލިބޭނަމަ ކައިވެނި ދަމަހައްޓަން ބޭނުމެއް ނުވާނެއެވެ. އެކަން ދެމީހުންވެސް ޤަބޫލުނުކުރާނަމަ ކައިވެނި ރޫޅުން އޮންނާނީ ދާދި ގާތުގައެވެ. 

ކައިވެންޏަށްފަހު މި4 ކަންތަކުގައި ފަރުވާކުޑަކުރެވޭނަމަ ނުވަތަ އިހްމާލްވާނަމަ ބައިވެރިޔާ ބަލަން  ނުހުންނާނެކަމަށައި ހުރެގެންވެސް ނުވާނެކަމަށް މިބުނަނީ އެ ކަންކަން ނުލިބޭނަމަ ކައިވެނި ދެމިނުއޮންނާނެތީ އާއި ލަހުން ނަމަވެސް އެއީ ރޫޅިގެންދާނެ ކައިވެންޏަކަށްވާތީއެވެ.  

- އަލަފް / މިއަދުނޫސް

މިއަދު އޮންލައިން