ތިބާގެ ބަރުދަނަށް ރަނާއި ޖަވާހިރު ދޭން ބުންޏަސް އަދި ދިނަސް ތައުބާވެ އިޞްލާޙްވިކަން ޔަޤީންކޮށްފައި ނޫނީ ކައިވެނިކޮށްގެން ނުވާނެ މީހުން-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 28ސ
ތިބާގެ ބަރުދަނަށް ރަނާއި ޖަވާހިރު ދޭން ބުންޏަސް އަދި ދިނަސް ތައުބާވެ އިޞްލާޙްވިކަން ޔަޤީންކޮށްފައި ނޫނީ ކައިވެނިކޮށްގެން ނުވާނެ މީހުން-

ކައިވެނީގެ ކުރިން އާވާރާ ދިރިއުޅުމެއް އުޅެ، ގިނަ ބައަކާއިއެކު ޖިންސީ ގުޅުން ހިންގާ މީހުންނަކީ އެމީހުންގެ މުސްތަޤްބަލާއިމެދު އެއްވެސް ވަރަކަށް ވިސްނާ ބައެއް ނޫނެވެ. އެމީހުންނަކީ ކާމިޔާބު އުފާވެރި ޒަވާޖީ ޙަޔާތެއްގެ ބަދަލުގައި ހަވާނަފްސްގެ އެދުންތަކަށް ދަހިވެތިގެން ތިބޭ ބައެކެވެ. 

އެމީހުންނަކީ އާޚިރަތް ދުވަހަށް ބިރުވެތިވާ ބައެއް ނޫނެވެ. ޢަރުޝީގެ ހިޔާވަހިކަމަށް އެދޭ ބައެއްވެސް ނޫނެވެ. ﷲ ތަޢާލާގެ ރުހިވޮޑިގަތުން ނުލިބިދާނެތީ ކަންބޮޑުވާ ބައެއްވެސް ނޫނެވެ. އަދިކީއްހެއްޔެވެ؟ އެމީހުންނަކީ ޝައިޠޯނާގެ މަގަށް ލެނބި ޝައިޠޯނާއަށް އަޅުވެތިވެ ޝައިޠޯނާގެ ކަސްތޮޅުގައިވާ ބައެކެވެ. 

އެހެންކަމުން އެއީ ވަރަށް ނުރައްކައުތެރި ބައެކެވެ. އެފަދަ މީހަކު ކައިވެނިކުރަން ހުށަހަޅައިފިނަމަ ތިބާގެ ބަރުދަނަށް ރަނާއި ޖަވާހިރު ދޭން ބުނިނަމަވެސް އަދި ދިން ނަމަވެސް އެމީހުން ތައުބާވެ ޢަމަލުތައް އިޞްލާޙްކުރިކަން ޔަޤީންކޮށްފައި ނޫނީ ކައިވެނިނުކުރާށެވެ. ސަބަބަކީ ޝައިޠޯނާގެ ބައިވެރިއަކަށްހުރެ އެއްވެސް ކަމެއްގައި ތެދުވެރިނުވެވޭނެތީއެވެ. 

ސަބަބަކީ ޒަވާޖީ ޙަޔާތުގައި އުފާވެރިކަން ލިބުން އޮތީ ތަނަވަސްކަމަކުން ނޫނެވެ. ތަނަވަސްކަމުން އުފާވެރިކަން ލިބޭނީ ވަރަށް ކުޑަކުޑަ މިންވަރަކަށެވެ. 90 އިންސައްތަ އުފާވެރިކަން ލިބުންވަނީ އިޚްލާޞްތެރިކަމާއި ވަފާތެރިކަމާއި އަދި އޯގާތެރިކަމުންނެވެ. ޚާއްޞަކޮށް އެމީހެއްގެ ހިތުގައި ﷲ ތަޢާލާއަށް ބިރުވެތިކަން އޮތް މިންވަރަކުންނެވެ. 

ކައިވެނިކުރާއިރު ދީންވެރިކަމަށް އިސްކަންދޭން ޙަދީޘްފުޅު ކުރައްވަވާފައިއެވަނީ މިބުނި ސަބަބުތަކަސްޓަކައެވެ. ޔަޤީންކުރަންވީ ﷲ ތަޢާލާއަށް ބިރުވެތިވާ މީހަކާއި ކައިވެނިކުރުމުން ދިމާވާ މައްސަލައެއްގައި ކައިވެނި ރޫޅެން ޖެހުނަސް އޭނާ އަނިޔާވެރިނުވާނެ ކަމެވެ. ހިތުގައި ޖައްސައި ނުރޮއްވާނެ ކަމެވެ. 

ކައިވެނީގެ ކުރީގައި އޭނާގެ ޢަމަލުތައް ހުންނަގޮތަށް ބެލުމަކީ ހަަމއެކަނި އަންހެނުން ކުރަންޖެހޭނެ ކަމެއް ނޫނެވެ. އެއީ ފިރިހެނުންވެސް ބަލަން ޖެހޭނެ ކަމެކެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން