ފާފަ ފުއްސެވި ދަރަޖަ އުފުއްލެވޭ 3 ކަމެއް-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 44ސ
ފާފަ ފުއްސެވި ދަރަޖަ އުފުއްލެވޭ 3 ކަމެއް-

އަބޫ ހުރައިރާ رضي الله عنه ގެ އަރިހުން ރިވާވެގެން އައިސްފައިވެއެވެ. ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. 

«أَلَا أَدُلُّكُمْ عَلَى مَا يَمْحُو اللهُ بِهِ الْخَطَايَا، وَيَرْفَعُ بِهِ الدَّرَجَاتِ؟»

قَالُوا بَلَى يَا رَسُولَ اللهِ.

قَالَ: «إِسْبَاغُ الْوُضُوءِ عَلَى الْمَكَارِهِ، وَكَثْرَةُ الْخُطَا إِلَى الْمَسَاجِدِ، وَانْتِظَارُ الصَّلَاةِ بَعْدَ الصَّلَاةِ، فَذَلِكُمُ الرِّبَاطُ». [رواه مسلم برقم: 41 – (251)] 

މާނައީ: "ﷲ، ތިޔަބައިމީހުންގެ ފާފަތައް ފުއްސަވައިދެއްވާ އަދި އޭގެ ސަބަބުން ތިޔަބައިމީހުންގެ ދަރަޖަތައް އުފުއްލަވައި ދެއްވާ ކަމެއް ތިމަންކަލޭގެފާނު ތިޔަބައިމީހުންނަށް ބުނެދެއްވަން ހެއްޔެވެ؟" 

(ޞަޙާބީން) ދެންނެވިއެވެ. "އާނއެކެވެ. އޭ ﷲގެ ރަސޫލާއެވެ. (ބުނެދެއްވާށެވެ.)"

ދެން އެކަލޭގެފާނު ޙަދީޘްކުރެއްވެވިއެވެ. "ނަފްސު ނުރުހުންތެރިވާ، ދަތި އުނދަގޫ ޙާލަތްތަކުގައި (ފިނި ގަދަވުމުގެ ސަބަބުން ނުވަތަ ބައްޔެއްގެ ސަބަބުން ވުޟޫކުރުމަށް އުނދަގޫވާ ޙާލަތްތަކުގައި) ފުރިހަމައަށް ވުޟޫކުރުމާއި މިސްކިތްތަކަށް އައުމަށް އަޅާ ފިޔަވަޅު ގިނަކުރުމާއި އެއް ނަމާދަށްފަހު އަނެއް ނަމާދަށް އިންތިޒާރުކުރުމެވެ. ފަހެ، ތިޔަބައިމީހުން ކިޔަމަންތެރިކަން އަދާކުރުން މަތީ ދެމި ތިބުމަކީ އެއީއެވެ." 

މި 3  ކަމަކީވެސް އެއިގެ ޒާތަށް ބަލައިފިނަމަ ލުއިފަސޭހަ ކުރަން ބުރަ ކަންކަމެއް ނޫނެވެ. އަދި އަހުރެމެންނަށް ކުރަންޖެހޭވެސް ކަންކަމެވެ. އޮތީ ހިތްވަރުލައި ކުރަން މަސައްކަތްކުރުމެވެ. 

ވިސްނައިލާށެވެ! އެމީހެއްގެ ފާފަތައް ފުއްސަވައި ދެއްވަވައި އަދި ަދަރޖަ ަމތިވެރިކޮށްދެއްވެވުމަށްވުރެ އިންސާނަކަށް މުހިންމުކަން ބޮޑުވާނީ ކޮންކަމެއް ހެއްޔެވެ؟ އެހެނީ އެއިރުން އެމީހަކަށް އެވަނީ ސުވަރުގެ ވަދެވިފައެވެ. އިން ޝާ ﷲ

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން