ނަމާދަށް ލޯބިކުރާ މީހަކަށް ވެވޭނީ މިޙަދީޘްފުޅު އެނގި ޢަމަލުވެސްކޮށްގެން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 50ސ
ނަމާދަށް ލޯބިކުރާ މީހަކަށް ވެވޭނީ މިޙަދީޘްފުޅު އެނގި ޢަމަލުވެސްކޮށްގެން!

ނަމާދަކަށް ނަމާދެއްކުރާ މީހަކަށް ތިމާއަކީ ނަމާދުކުރުމަށް ލޯބިކުރާ މީހަކަށް ނުވެވޭނެއެވެ. ނަމާދުކުރުމަށް ލޯބިކުރާ މީހެއްގެ ކިބައިން ފެންނާނެ ބައެއް ސިފަތައް ތިރީގައިވާ ޙަދީޘްފުޅުގައި އެވަނީއެވެ.

އަބޫހުރައިރާ ރަޟިޔަﷲ ޢަންހް ގެ އަރިހުން ރިވާވެގެން އައިސްފައިވަ ހަދިޘްފުޅެއްގެ މާނައިގައިވެއެވެ.

"މީސްތަކުންނަށް ބަންގިއާއި، ފުރަތަމަ ޞަފުގެ މާތްކަން އެނގޭނަމަ (އެކަންކުރުމަށްޓަކައި) އެބައިމީހުންގެ މެދުގައި ގުރުއަތުލުން ފިޔަވާ އެހެންގޮތެއް ނެތްނަމަ ގުރުއަތުލައިގެންވެސް އެކަންތައް ކުރީހެވެ. އަދި ނަމާދުގެ ތަކުބީރުގެ މާތްކަން އެނގޭނަމަ (ނަމާދަށް ދިއުމަށް) އެބައިމިހުން އަވަސްވެގަތީހެވެ. އަދި ޢިޝާ ނަމާދާއި ފަތިސް ނަމާދުގެ މާތްކަން އެބައިމީހުންނަށް އެނގޭނަމަ ފިރުކިފައިވިޔަސް (އެދެ ނަމާދަށް) އައީހެވެ." ([رواه البخاري برقم: 618)

ޙަދިޘްފުޅުން ލިބޭފިލާވަޅު:

1 ކުރީ ސަފުގެ މާތްކަން (ފިރިހެނުންނަށް)

2 ނަމާދަށް ދިއުމަށް އަވަސްވެގަންނަންޖެހޭ މިންވަރު

3 ފަތިސްނަމާދާއި ޢިޝާ ނަމާދު ޖަމާޢަތުގައި ކުރުމުގެ މުހިންމުކަން

އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން