އަޅުކަންކުރަމުން ފާފަކުރާ މީހުންނަށް ވިސްނޭ ވިސްނުމުގެ ނުބައިކަން މާބޮޑު! ނަމަނަމަ މިފަދަ ބަހެއް ނުބުނާތި!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ
އަޅުކަންކުރަމުން ފާފަކުރާ މީހުންނަށް ވިސްނޭ ވިސްނުމުގެ ނުބައިކަން މާބޮޑު! ނަމަނަމަ މިފަދަ ބަހެއް ނުބުނާތި!

ބައެއް މީހުން ﷲ ތަޢާލާއަށް އަޅުކަންކުރެއެވެ. އަދި ޝައިޠޯނާ ބުނާ މަގުން ފާފަވެސްކުރެއެވެ. ފާފަކުރެވުމަސްވުރެވެސް ނުބައިކަންބޮޑީ ފާފަކުރަމުން ނުވަތަ ފާފަކޮށްފައި އެމީހުންނަށް ބުނެވޭ ބަހެވެ.

ބުނެއެވެ. "މިއަދު މިހައި ގިނަ އަޅުކަންކޮށްފީމެވެ. ކޮށްލެވޭ ފާފައަކުން ލިބޭނެ ދެރައެއް ނެތެވެ. އަޅައިކަނޑައިލުމުން އިތުރުވެސްވާނެއެވެ." މިއީ ވަރަށް ނުބައި ވިސްނުމެކެވެ. އެފަދަ މީހުން ނިކަން ބުނެބަލާށެވެ! "ތިބާ ކުރި އަޅުކަން ﷲ ތަޢާލާ ޤަބޫލުފުޅު ކުރެއްވެވިކަން އެނގޭ ހެއްޔެވެ؟"

އެގޮތަށް ހިސާބު ޖެހުމަކީ ނުވަތަ ވިސްނުމަކީ މީހާއަށް މަގު އޮޅިގެން ހިނގައިދާނެ ކަމެކެވެ. ޣާފިލުވެވިގެން ހިނގައިދާނެ ކަމެކެވެ. ފާފަކުރަން އާދަވެދާނެ ކަމެކެވެ.

ﷲ ތަޢާލާ ދެއްވަވާ ނިޢްމަތްތަކާއިމެދު ވިސްނައި ޝުކުރުވެރިވެވެނީ ވަރަށް މަދު މީހަކަށެވެ. ގިނަ ބައަކަށް އަބަދުވެސް ބެލެނީ އެމީހާއަށް ކުރެވޭ ހެޔޮ ކަންކަމަށެވެ. ހީކުރެވެނީ ހެޔޮ ޢަމަލުތައް މިކުރެވެނީ ﷲ ތަޢާލާއަށް މަންފާއަކަށް ކަމަށެވެ.

މިކަމުގައި ބަލަން ޖެހޭނީ ޞަހާބީން ޢަމަލު ކުރެއްވެވި ގޮތަށެވެ. ރެއާއި ދުވާލު އަޅުކަމުގައި އުޅުއްވެވި އިރުވެސް އަބަދުވެސް އުޅުއްވެވީ ކުރެއްވޭ އަޅުކަން މަދުވެގެންނެވެ. އަބަދުވެސް ތިއްބެވީ ކުރެއްވެވި އަޅުކަން ﷲ ތަޢާލާ ޤަބޫލުފުޅު ނުކުރައްވަވައިފާނެ ކަމުގެ ބިރަށް ވިރިވިރއެވެ. ވީމާ އަހަރެމެން މިއަދު އެފަދަ ހިސާބުތައް ޖަހައި ނިންމައިލާނީ ކިހިނަކުން ހެއްޔެވެ؟

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން