ތިބާއަކީ ﷲ ތަޢާލާގެ މެހްމާންދާރީ ލިބިލިބި ހުންނަ މީހަކަށްވުމުގެ ފުރުޞަތުވެސް އެބައޮތްކަން އެނގޭތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 38ސ
ތިބާއަކީ ﷲ ތަޢާލާގެ މެހްމާންދާރީ ލިބިލިބި ހުންނަ މީހަކަށްވުމުގެ ފުރުޞަތުވެސް އެބައޮތްކަން އެނގޭތަ؟

އަބޫ ހުރައިރާ رضي الله عنه ގެ އަރިހުން ރިވާވެގެން އައިސްފައިވެއެވެ. ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. 

«مَنْ غَدَا إِلَى الْمَسْجِدِ أَوْ رَاحَ، أَعَدَّ اللهُ لَهُ فِي الْجَنَّةِ نُزُلًا، كُلَّمَا غَدَا أَوْ رَاحَ». [متفق عليه]

މާނައީ: "ހެނދުނު ނުވަތަ މެންދުރު ފަހު މިސްކިތަށް ހިނގައްޖެމީހާ ދަންނައެވެ. އޭނާ މިސްކިތަށް ދާ ކޮންމެ ފަހަރެއްގައި އޭނާއަށްޓަކައި ﷲ މެހެމާނުދާރީއެއް ތައްޔާރުކުރައްވައެވެ." 

"މި ޙަދީޘްފުޅުގެ ޝަރަހައިގައި ޢިލްމުވެރިން ވިދާޅުވަނީ ޢާންމުކޮށް ނަމާދުކުރާ (ނަމާދު ޤާއިމުކުރާ) މީހުންނަށްޓަކައި އޭނާ ހެނދުނާއި ހަވީރު ނަމާދަށްދާ ކޮންމެ ފަހަރަކަށް ﷲ ތަޢާލާ މެހްމާންދާރީއެއް ތައްޔާރުކުރައްވަވާ ކަމަށެވެ." (ފަތުޙުލް ބާރީ ، އިބްނު ރަޖަބު) 

އަދިވެސް އަބޫ ހުރައިރާ رضي الله عنه ގެ އަރިހުން ރިވާވެގެން އައިސްފައިވެއެވެ. ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. 

«سَبْعَةٌ يُظِلُّهُمُ اللهُ فِي ظِلِّهِ يَوْمَ لَا ظِلَّ إِلَّا ظِلُّهُ». [متفق عليه]

މާނައީ: "ﷲގެ ހިޔާވަހިކަން މެނުވީ ހިޔާވަހިކަމެއް ނުވާދުވަހު، އެއިލާހުގެ ހިޔާވަހިކަމުން ހިޔާވަހިކަން ދެއްވާ ހަތް ބައެއްވެއެވެ." 

އަދި އެބައިމީހުންގެ ތެރޭގައި ޛިކުރު ކުރެއްވިއެވެ. 

«وَرَجُلٌ قَلْبُهُ مُعَلَّقٌ فِي المَسْجِدِ». [متفق عليه]

މާނައީ: "އަދި އެމީހެއްގެ ހިތް މިސްކިތާ ގުޅިފައިވާ މީހާއެވެ." 

އަދިވެސް ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. 

«بَشِّرِ الْمَشَّائِينَ فِي الظُّلَمِ إِلَى الْمَسَاجِدِ بِالنُّورِ التَّامِّ يَوْمَ الْقِيَامَةِ». [رواه أبو داود (561) والترمذي (223) وصححه الألباني في مشكاة المصابيح برقم: (721)]

މާނައީ: "ރޭގަނޑުގެ އަނދިރީގައި ގިނަގިނައިން ހިނގާފައި މިސްކިތްތަކަށް ދާ މީހުންނަށް ޤިޔާމަތްދުވަހު ފުރިހަމަ އަލިކަންވާކަމުގެ އުފާވެރިކަމުގެ ޚަބަރު ދޭށެވެ." 

އެޒަމާނުގައި މަގުތައް އަނދިރިއެވެ. މިއަދު މަގުތައް އަލިނަމަވެސް ނަމާދަށް ދިއުމުން އެމީހަކަށް ޙައްޤުމިންވަރަށް ، އެިރުގެ މީޙުންނަށްވެސް ދެއްވަވާފަދައިން މިހާރުގެ މީހުންނަށްވެސް ދެއްވަވާނެތެވެ. އިން ޝާ ﷲ

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން