ޤަބުރުސްތާނަށް ގޮސް ބޭކާރު ވާހަކަ ދައްކައި ކުނިއެޅުން ފަދަ ކަންކަން ކުރުމަކީ ވަޅުލެވިފައިވާ މީހުންނަށް އުނދަގޫވާކަމެއް-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 11ސ
ޤަބުރުސްތާނަށް ގޮސް ބޭކާރު ވާހަކަ ދައްކައި ކުނިއެޅުން ފަދަ ކަންކަން ކުރުމަކީ ވަޅުލެވިފައިވާ މީހުންނަށް އުނދަގޫވާކަމެއް-

ބައެއް ބޭކަލުންގެ ކިބައިން ރިވާވެގެންވެއެވެ. ތިމަންމެންގެ ބައްޕާ ތިމަންމެންނަށް ކިޔަވައިދޭން އެދުރަކު ގެނެސްފިއެވެ. އެބެއިކަލަކު ދުވަސް ކޮޅަކު އުޅުއްވިފަހުން ނިޔައުވެއްޖެއެވެ. އޭނާ ނިޔައުވެ ވަޅުލީތާ ހައެއްކަ ދުވަސްވީތަނާ ތިމަންމެން އެތައް ކުއްޖަކު އެ قبرستان އަށްގޮސް އުޅެފައި މީހަކު ވިއްކާންދިޔަ تين ތަބަކަކުން تين ގަނެގެން ކައިފައި ތަޑިތައް އެތަންމިތަނަށް އުކައިފީމުއެވެ. 

އެރެއި އެކަލޭގެފާނުން ބައްޕާއަށް ހުވަފެނުން ފެނިއްޖެއެވެ. ބައްޕާ އައްސަވައިފިޔޭ. ކޮން حال އެއްތޯއެވެ. އޭނާ ބުނުއްވައިފިޔޭ حال އެންމެ ރަގަޅެވެ. އެކަމަކު ކަލޭގެފާނުންގެ ކުދީން އަހަރެމެންގެ قبرستان ހަދަނީ ކުނިގޮޑެއްކަމަށެވެ. އަދިމިތަނަށް އައިސް ތިބެގެން އެތިބަ ދައްކަނީވެސް ކިރިޔާ ކާފަރުނުވާޒާތުގެ ވާހަކަ އެވެ. އެދުވަހު ހެދުނުގައި ބައްޕާ އަހަރެމެންނަށް ވަރަށް ރުޅިއައިސްގެން އެވާހަކަ ދައްކަވައި މޮއްޓަވައިފިއެވެ. އަހުރެން ހިތަށް އެރިޔޭ سبحان الله އެވެ. އެދުރުކަލޭފާނު ދުނިޔެއާއި آخرة ގައި އަހަރެމެން އަދަބުވެރި ކުރައްވަނީތާއެވެ. 

މިބާވަތުގެ ވާހަކަތަކަކީ ވަރަށް ގިނައެއްޗެކެވެ. އެކަމަކު އަހަރެން މިހައިމިންވަރެއް މިނަންގަތީ ނަސޭހަތެއްކަމުގައި ވުމަށާއި، މީހުން عبارة ކޮށް عبرة حاصل ކުޅައުމަށެވެ. 

ދަންނައެ، فقه ވެރީންކުރެ ބަޔެއް ބެއިކަލަކު އަވަހާރަވީ وَصِيَّة އެއް ނުކުރައްވައި ހުންނަވަނިކޮން ނެވެ. ދެން ހުވަފެނުގައި އެކަލޭގެފާނުންގެ أهل بيت ންގެ ކައިރިއަށް ވަޑައިގެން وَصِيّة ތައް ކުރައްވައިފި އެވެ. ވިދާޅުވިޔޭ، އެވެނިމީހާއަށް މިވެނި އެއްޗެއްދޭށެވެ. އެވެނި މީހާއަށް ގޮވާމުގެ ތެރެއިން މިވެނި ވަރަކަށް ދޭށެވެ. މިވެނިމީހާގެ އެވެނި ފޮތް އެއީ، ތިމަންގެ އަތުގައިވާ وَديعة އެކެވެ. އެފޮތް އެމީހާއަށް ރައްދުކުރާށެވެ. ދެން އެހުވަފެން ފެނުނު ރެއިގެ ހެދުނު އެހުވަފެން ފެނުނު މީހުން އެވާހަކަ ދައްކައި އެކަންތައްތައް ކޮށްފޫއެވެ. އެއެންގެވި ފޮތެއް އެމީހުނަކަށް ނުފެނުނެވެ، މިކަމާއި މެދުގައި އެމީހުން عَجَائب ވެގެން ތިއްބައި ގޭގެ ދަތި ތާކު، އެފޮތް އޮއްވައި ފެނިއްޖެއެވެ. ދެން އެފޮތް ރައްދުކޮށްފޫއެވެ. 

- ފަޟީލަތުއްޝައިޚް ޙުސައިން ޞަލާޙުއްދީން ލިޔުއްވާފައިވާ " اللَّمْعَةُ الظَّاهِرَة- ޤިޔާމަތުގެ ވާހަކަ" ފޮތުން

 

މިއަދު އޮންލައިން