ލޯބީގައި ގިނަބައަކަށް މިހާރު އަނިޔާ ލިބޭ އެންމެ ޢާންމު ސަބަބަކީ އަނެކާގެ ހަޤީޤަތް ނުބަލައި ސޯޝަލް މީޑިއާގައި މާބޮޑަށް ކުރިއަށްދެވޭކަމެވެ. ސޯޝަލް މީޑިއާގައި އުފެދޭ ލޯބީގައި ކައިވެނިވެސް ކުރެވޭކަމެވެ.
މީހަކު ތިބާއާ ރުހޭކަމަށް ބުނެފިނަމަ ނުވަތަ ލޯބިވާކަމަށް ބުނެފިނަމަ އެއަޑުއެހުމަކީ މައްސަލައެއް ނޫނެވެ. ނަމަވެސް އެކަން ޤަބޫލުކުރުމުގެކުރިން އެމީހެއްގެ ޙަޤީޤަތް ދެނެގަންނަން ޖެހޭނެއެވެ.
ވަރަށް ފަހުން ދިމާވިކަމެއް ބުނެލާނެއެވެ. އެއީ އެކަނިވެރިމައެކެވެ. އުޅެމުން ދިއައީ ހިތްދަތި ދިރިއުޅުމެވެ. ކޮންމެވެސް ގޮތަކުން ޒުވާނަކަށް އެކަން އެނގުމުން އޭނާއަށް ލޯބިހުށަހެޅިއެވެ. ކައިވެނިކުރަން ބޭނުންވާކަމަށްވެސް ބުންޏެވެ.
ޖަވާބުގައި އަންހެން މީހާ ބުނީ އިތުރަށް ތިއަ ވާހަކަ ދައްކަން ބޭނުމީ އޭނާގެ ބޭބެ އާއިއެކު 3 މީހުން ތިބެގެން ކަމަށެވެ. ސޯޝަލް މީޑިއާގައި ނޫންކަމަށާއި މޫނާއި މޫނު ދިމާކޮށްގެން ކަމަށެވެ. ސޯޝަލް މީޑިއާގައި އޭނާ އެކަން ޤަބޫލުކުރިއެވެ. ނަމަވެސް ބައްދަލެއް ނުކުރިއެވެ. އެހިސާބުން ވާހަކަދެއްކުންވެސް ހުއްޓައިލީއެވެ.
ސަބަބު ދެނެވޮޑިގެންވާނީ ﷲ ތަޢާލާއެވެ. ނަމަވެސް އޭނާއަކީ ރަނގަޅު މީހަކުނަމަ ކަންތައްކުރާނީ އެގޮތަކަށް ކަމަކަށް ޤަބޫލެއް ނުކުރެވެއެވެ. ބައްދަލުކޮށް މަޝްވަރާކޮށް ކައިވެނީގެ ކަންކަން ކުރިއަށް ގެންދިއައީހެވެ. އެކަން އެގޮތަށް ނުކޮށް ފިލުމުން ޤަބޫލުކުރަންޖެހެނީ އެއީ ފޭކް މީހެއް ކަމަށެވެ. އެއުލުނީ ކޮންމެވެސް އަމިއްލަ އެދުމެއްގައި ކަމަށެވެ.
އެކުވެރިންނޭވެ! ސޯޝަލް މީޑިއާގައި އަނގައިން ނުބުނާކަށް ނުބުނަމެވެ. ނަމަވެސް އިންތަކުގައި ހިފަހައްޓާށެވެ. ލޯބިވެ ލޯބީގައި ކުރިއަށްދާންވާނީ ރަނގަޅަށް ޙަޤީޤަތް ހޯދައިގެންނެވެ.
- އަލަފް / މިއަދުނޫސް