މުދަލު ޒަކާތް އަތުން އަތުލަންޖެހޭ! "ޒަކާތް ދީފުމަށް ދާންދެން މީސްތަކުންނާ ހަނގުރާމަ ކުރުމަށް، ތިމަންކަލޭގެފާނަށްވަނީ އަމުރުވެވިގެންނެވެ."- ޙަދީޘް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 20ސ
މުދަލު ޒަކާތް އަތުން އަތުލަންޖެހޭ! "ޒަކާތް ދީފުމަށް ދާންދެން މީސްތަކުންނާ ހަނގުރާމަ ކުރުމަށް، ތިމަންކަލޭގެފާނަށްވަނީ އަމުރުވެވިގެންނެވެ."- ޙަދީޘް

"މީރާ" އަކީވެސް ދައުލަތުގެ މުއައްސަސާއެކެވެ. ސަރުކާރަށް ދައްކަންޖެހޭ ޓެކްސް ދައްކަންޖެހެނީ އެތަނަށެވެ. ނުދައްކައިފިނަމަ ޖުރުމަނާކުރެއެވެ. އިތުރު ފިޔަވަޅުތައްވެސް އަޅައެވެ. ސުވާލަކީ ދައުލަތަށް މުހިންމީ މަޖިލީހުންފާސްކުރާ ޓެކްސްތައް އަތުލުންތޯއެވެ؟ ނޫނީ ﷲ ތަޢާލާ ފަރުޟުކުރައްވަވާފައިވާ މުދަލުޒަކާތް ދިނުން ޙައްޤުވާ މީހުންގެ އަތުން އަތުލުންތޯއެވެ؟ މުދަލު ޒަކާތް އަތުލެވޭނެ ގޮތަކަށް ޤާނޫނު ފާސްނުކުރަނީ ކީއްވެގެންތޯއެވެ؟ 

ހަމައެފަދައިން ކުރަންޖެހޭ ސުވާލަކީ ކުރާ ވިޔަފާރިއަށް ސަރުކާރުން ހުރަސްއަޅައިފާނެކަމަށް ޓެކްސް ދއްކާއިރު މުދަލުޒަކާތް ނުދައްކަނީ ﷲ ތަޢަލާގެ ޢަޛާބަށް ބިރުނުގަންނާތީތޯއެވެ؟  

عَنْ ابْنِ عُمَرَ رضي الله عنهما، أَنَّ رَسُولَ اللهِ صلى الله عليه وسلم قَالَ: «أُمِرْتُ أَنْ أُقَاتِلَ النَّاسَ حَتَّى يَشْهَدُوا أَنْ لَا إلٰهَ إلَّا اللهُ وَأَنَّ مُحَمَّدًا رَسُولُ اللهِ، وَيُقِيمُوا الصَّلَاةَ، وَيُؤْتُوا الزَّكَاةَ.

فَإِذَا فَعَلُوا ذَلِكَ عَصَمُوا مِنِّي دِمَاءَهُمْ وَأَمْوَالَهُمْ إلَّا بِحَقِّ الْإِسْلَامِ، وَحِسَابُهُمْ عَلَى اللهِ تَعَالَى».

[رَوَاهُ الْبُخَارِيُّ وَمُسْلِمٌ] 

މާނައީ: އިބްނު ޢުމަރު رضي الله عنهما ރިވާކުރެއްވިއެވެ. ﷲގެ ރަސޫލާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. "ﷲ ފިޔަވައި އަޅުކަން ޙައްޤުވާ އެހެން އެއްވެސް އިލާހެއް ނުވާކަމަށް ހެކިވުމާއި މުޙައްމަދުގެފާނީ ﷲ ގެ ރަސޫލާކަމަށް ހެކިވުމާއި ނަމާދު ޤާއިމުކޮށް އަދި (މުދަލު) ޒަކާތް ދީފުމަށް ދާންދެން މީސްތަކުންނާ ހަނގުރާމަ ކުރުމަށް، ތިމަންކަލޭގެފާނަށްވަނީ އަމުރުވެވިގެންނެވެ. 

ފަހެ އެބައިމީހުން އެފަދައިން ޢަމަލުކޮށްފިނަމަ، އެބައިމީހުންގެ ލެޔާއި މުދަލަށް ތިމަންކަލޭގެފާނުގެ ކިބައިން ސަލާމަތްކަން ލިބިގެންވެއެވެ. އެއީ އިސްލާމްދީނުގެ ޙައްޤުގައި މެނުވީއެވެ. އަދި އެބައިމީހުންގެ ހިސާބުބެއްލެވުން ވަނީ ﷲ تعالى އަށެވެ." 

- ޙަގީޘް އާ މާނަ: ދިސަލަފިއްޔާ

 

މިއަދު އޮންލައިން