އިސްލާމް ދީނަކީ ކޮންމެ ކަމެއްގައިވެސް އަޚްލާޤީ ރިވެތިސިފަތައް ހިމެނިގެންވާ ދީނެވެ. އެއީ މީސްތަކުންގެ ފައިދާއަށެވެ. އެހެންކަމުން މަޖިލިސްތަކުގައި އިށީނުމަށްވެސް އަދަބުތަކެއްވެއެވެ.
ބައްދަލުވުންތައް ނުވަތަ މަޖިލިސްތަކަށް ގޮސް އިށީނުމުގައި ޢަމަލުކުރަންޖެހޭ ތެރެއިން އެއްކަމަކީ ދެމީހަކު ގާތުގައި ތިއްބައި މެދުގައި އިށީންނަނަމަ (ހުސްގޮނޑިއެއް ހުރިނަމަވެސް) އެދެމީހުންގެ ހުއްދަލިބިގެން އިށީނުމެވެ. އެކަމަށް ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަ ވަނީ ޙަދީޘްފުޅުކުރައްވަވައިފައެވެ.
It is not Halal for a person to sit between two persons without getting permission. (Abu Dawud)
It is an exception when permission is given. (Bukhari, Adab-ul Mufrad)
ކުރިން އިށީނދެގެން ތިބި ދެމީހުންނަކީ ޢާއިލީ ގޮތުން ނުވަތަ އެނޫން ގޮތަކުން ނަމަވެސް ގާތް ދެމީހުން ކަމުގައިވެސްވެދާނެއެވެ. އަދި ގާތްގާތުގައި ތިބެން ބޭނުން ދެމީހުން ކަމުގައިވެސް ވެދާނެއެވެ. ވީމާ އެމީހުންގެ ހިތްހަމަ ނުޖެހޭނެ ގޮތަކަށް ޢަމަލުނުކުރާށެވެ. އިޙްތިރާމްކުރުމަކީ އެއީއެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން