އަވަށްޓެރިޔާއަށް އުނދަގޫވާނެ ކަންކަންކުރާނަމަ ނަރަކައަށް ވައްދަވާނެކަން ޙަދީޘްފުޅުން އެބައޮތް! ބާރަށް ލަވަޖެހުން ފަދަ ކަންކަން ކުރަންވާނީ ހުއްދަ ނަގައިގެން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 31ސ
އަވަށްޓެރިޔާއަށް އުނދަގޫވާނެ ކަންކަންކުރާނަމަ ނަރަކައަށް ވައްދަވާނެކަން ޙަދީޘްފުޅުން އެބައޮތް! ބާރަށް ލަވަޖެހުން ފަދަ ކަންކަން ކުރަންވާނީ ހުއްދަ ނަގައިގެން!

އެއީ އާދައިގެ އަންހެނެއް ނޫނެވެ. ހުރިހާ ހެޔޮޢަމަލުތަކެއްކޮށް އުޅުނު އަންހެނެކެވެ. ސުންނަތް ރޯދަހިފައި ރޭއަޅުކަންކޮށްވެސް ކޮށްއުޅުނު އަންހެނެކެވެ. ނަމަވެސް އޭނާއަކީ އަވަށްޓެރިވާއަށް ނުބައިބަސްބުނުމާއި ޒުވާބުކުރުންފަދަ ކަންކަމުގައި ދެމިހުރި މީހެކެވެ. އޭނާގެ ވާހަކަ ރަސޫލް ޞައްލަﷲ ޢަލައިހިވަސައްލަ އަށް ދެންނެވުމުން ޙަދީޘްފުޅުކުރައްވަވާފައިވަނީ އޭނާވަނީ ނަރަކައިގައި ކަމަށެވެ.

އެކަމުން އެގެނެނީ އަވަށްޓެރިންނަށް ނުބައިބަސްބުނުމާއި ޒުވާބުކުރުމުގެ ހުރި ނުބައިކަމުގެ ބޮޑުކަމެވެ. ދެން މިބަލައިލަނީ ކޮންމެ ކަމަކުން ނަމަވެސް އަވަށްޓެރިޔާއަށް އުނދަގުލަކަށްވާނެ އެއްވެސް ކަމެއް ކުރުމުގެ ހުރި ނުބައިކަން ބޮޑުކަމެވެ.

ތިރީގައިވާ ޙަދީޘްފުޅަށް ބަލާށެވެ!

Abu Huraira reported: The Messenger of Allah, peace and blessings be upon him, said, “He will not enter Paradise whose neighbor is not secure from his evil.”

Source: Ṣaḥīḥ Muslim 46

Grade: Sahih (authentic) according to Muslim

އެޙަދީޘްފުޅުގައި އެވަނީ އެމީހެއްގެ ނުބައިކަމުން އަވަށްޓެރިޔާއަށް ސަލާމަތްކަން ނުލިބޭނަމަ އެމީހަކު ސުވަރުގެ ނުވައްދަވާނެ ކަމަށެވެ. މިއަދު ކަންކަން މިކުރެވެނީ ކިހިނަކުންހެއްޔެވެ؟ އަވަށްޓެރިޔާއަށް އޭނާގެ ގެއަށް ވަންނަން އުނދަގޫވާގޮތަށް ތަކެތި އެބަ ބަހައްޓަމުއެވެ. ޚިތާނުކުރުމުންނާއި، ހަފްލާތައް ބާއްވައިގެންނާއި އުފަންދުވަސްފާހަކަކުރުން ފަދަ ކަންކަމުގައި އަޑުގަދަކޮށް ލަވަޖަހައި އެބަ އުނދަގޫކުރަމުއެވެ. އެފަދަ ބައެއް ރޭރޭ މެންދަންވަންދެން ނުވަތަ މުޅިރޭވެސް އެބަ އުނދަގޫތައް ކުރެވެއެވެ.

އެކުވެރިންނޭވެ! އަވަށްޓެރިޔާއަށް އުނދަގޫވާނެ ކަމެއް، އެއީ ކިތަންމެ ކުޑަ ކަމެއް ނަމަވެސް ކުރަންޖެހިއްޖެ ޙާލަތުގައިވެސް އަވަށްޓެރިޔާއާއި ވާހަކަދައްކައިގެން ހުއްދަ ހޯދާށެވެ. އެކަމަކަށް އޭނާ ނުރުހިއްޖެނަމަ ތިބާވާނީ ތިބާގެ ނުބައިކަމުން އަވަށްޓެރިޔާ ސަލާމަތްނުކުރި މީހުންގެ ތެރޭގައެވެ. މިޙަދީޘްފުޅަށް ބަލައިފިނަމަ އެއިރުން ތިބާވާނީ ނަރަކައިގައެވެ.

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން