ސަމާލުކަންދީގެން ޤުރްއާން އަޑުއެހުމަކީވެސް ﷲ ތަޢާލާ ރަޙްމަތްލައްވަވާ ކަމެއްކަން ޤުރްއާނުން-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 50ސ
ސަމާލުކަންދީގެން ޤުރްއާން އަޑުއެހުމަކީވެސް ﷲ ތަޢާލާ ރަޙްމަތްލައްވަވާ ކަމެއްކަން ޤުރްއާނުން-

ދީނުގެ ކަންކަމަށް ފަރުވާ ކުޑަކުރެވެމުން އައިސް ކީރިތި ޤުރްއާން އަޑުއެހުމަކީވެސް މިއަދު ގިނަ ބައަކު ސަމާލުކަންދޭ ކަމެއް ނޫނެވެ. ޤުރްއާނުގެ އަޑުއިވެމުންދާއިރުވެސް ހުނުމާއި މަޖާކުރުމުގައި ޣާފިލުވެގެން އެބަ ތިބެއެވެ.

" އަދި ޤުރްއާން ކިޔަވާހިނދު ތިއަބައިމީހުން ހަނުތިބެ، އެއަށް ކަނުލައި އަހާށެވެ! (އެއީ) ތިއަބައިމީހުންނަށް ރަޙްމަތް ލެއްވުމަށްޓަކައެވެ." (އަލްއަޢްރާފް: 204)

މިއާޔަތުން އެނގިގެންދަނީ ކީރިތި ޤުރްއާން ކިޔަވާހިނދު ކަނުލައި އަޑުއަހަން ޖެހޭނެ ކަމާއި ކަނުލައި އަޑު އެހުމުން ﷲ ތަޢާލާ ރަޙްމަތް ލައްވަވާނެ ކަމެވެ. އަހަރެމެންނަށް އެންމެ މުހިންމީ ﷲ ތަޢާލާގެ ރަޙްމަތެވެ. ވީމާ މިހައި ފަސޭހައިން އެކަން ޙާޞިލުކުރެވެން އޮއްވައި ﷲ ތަޢާލާގެ ރަޙްމަތުން ލިބެން އޮތް މިންވަރު ދޫކޮށްލަން ހެޔޮވެދާނެ ހެއްޔެވެ؟

ދަރިން ގާތު ކިޔަވަން ބުނެފައި މައިން ބަފައިން ހެޑްސެޓް އަޅައިގެން ތިބެ ލަވަ އަޑުއެހީމާ މިކުރެވެނީ ކޮންފަދަ ނުބައި އަދި ގެއްލުންހުރި ކަމެއްކަމާއިމެދު ވިސްނައިލުން ކީއްހެއްޔެވެ؟

---އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން