ﷲ ތަޢާލާ އާ ދެމެދަށް އޮތް އެންމެ ބޮޑު ހުރަހަކީ ފާފަ! ފުހެލަން އެންމެ ފަސޭހަ މަގު މިއޮތީ!: ޢުމަރު ސުލައިމާން

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 36ސ
ﷲ ތަޢާލާ އާ ދެމެދަށް އޮތް އެންމެ ބޮޑު ހުރަހަކީ ފާފަ! ފުހެލަން އެންމެ ފަސޭހަ މަގު މިއޮތީ!: ޢުމަރު ސުލައިމާން

ޢިލްމުވެރިން ވިދާޅުވާ ގޮތުގައި މީހާއާއި ދީނާއި ދެމެދުގައިވާ ހުރަހަކީ ނަމާދު އެޅުމެވެ. ހަމައެފަދައިން މީހާއާއި ﷲ ތަޢާލާ އާއި ދެމެދުގައިވާ އެންމެ ބޮޑު ހުރަހަކީ ކުރެވޭ ފާފަތަކެވެ. ނުވަތަ ފާފަކުރެވުމެވެ.  

ރޭއަޅުކަމަކީ ތިމާގެ ފާފަތައް ފުހެލަން ﷲ ތަޢާލާ ދެއްވަވާ އެންމެ އަގުހުރި ފުރުޞަތުކަން ދަންނަވާށެވެ. ﷲ ތަޢާލާ ޜޭގަނޑުގެ ފަހުބައިގައި ބިމުގެ އުޑަށް ކުއްތަންވެވޮޑިގަތުމަށްފަހު ވަޙީކުރައްވަވަތެވެ. "ތިމަން ﷲ ގެ އަޅުތަކުނަގް ތެރެއިން ކަންކަމަށް ބޭނުންވެގެން ތިބި މީހުން ކޮބައިހެއްޔެވެ؟ ތިމަން ﷲ ގެ ޙަޟްރަތުން ފާފަތައް ފުއްސަވައިދެއްވެވުމަށް އެދޭ އަޅުން ކޮބައިހެއްޔެވެ؟"  

މިކަމުން އެނގިގެންދަނީ ރޭގަނޑުގެ ފަހުބައިގައި ފާފަފުއްސަވައިދެއްވެވުމަށް އެދިއްޖެ މީހެއްގެ ފާފަތައް ފުއްސަވައިދެއްވަވާނެކަމެވެ. ވީމާ އަހުރެމެން ވާންވީ "ޔާ ﷲ! މިއަޅާ ޙާޟިރުވެ މިހުރީއެވެ. އާދޭހާއިއެކު މިދަންނަވަނީ މިއަޅާގެ ފާފަތައް ދުއްސަވައިދެއްވެވުން އެދިއެވެ." މިފަދައިން ދަންނަވާއަޅަކަށެވެ. 

މީސްތަކުންނޭވެ! ތިބާ ރޭގަނޑުގެ ފަހުބައިގައި ނިދީންހޭލައި ރޭއަޅުކަންކޮށްދުޢާކުރުމުން ތިބާގެ ހުރިހާ ފާފަތަކެއް މަލާއިކަތުން ހެކިކުރައްވަވައި ފުއްސަވައިދެއްވަވާނެތެވެ. ވީއިރު ﷲ ތަޢާލާއާއި ތިބާއާއި ދެމެދަށް ހުރަސްތަކެއް ލައިގެން ތިބެންވީ ކީއްވެގެންހެއްޔެވެ؟ ބުއްދިވެރިންނަކީ އެހުރަސްތައް ނައްތާލައި ﷲ ތަޢާލާގެ ރުހިވޮޑިގަތުން ހޯދަން މަސައްކަތްކުރާ މީހުންނެވެ.  

މިދައްކާ ވާހަކަތަކަށް ދަލީލް މިއޮތީ ކީރިތި ޤުރްއާނުން ފެންނާށެވެ.  

"އެއުރެންގެ ވެރިރަސްކަލާނގެ ޙަޟްރަތަށް ބިރުވެތިކަމާއި އުންމީދާއެކު ދުޢާ ކުރާ ޙާލު، އެއުރެންގެ އަރިކަށިތައް (ރޭއަޅުކަންކުރުމަށްޓަކައި) ތަންމަތިތަކާ ފޭވެއެވެ. އަދި ތިމަންރަސްކަލާނގެ، އެއުރެންނަށް ދެއްވި ތަކެތީން، އެއުރެން ހޭދަކުރެތެވެ."

"ފަހެ، އެއުރެންނަށްޓަކައި ފޮރުއްވާފައިވާ ލޮލުގެ ފިނިކަން (އެބަހީ: ލޮލަށް ފިނިކަންދެނިވި، ސުވަރުގޭގެ ނިޢުމަތްތައް) އެއްވެސް ނަފްސަކަށް ނޭނގޭނެތެވެ. (އެއީ) އެއުރެން ކޮށްއުޅުނު ޢަމަލުތަކުގެ ޖަޒާއެއް ކަމުގައެވެ."

(އައްސަޖްދަ: 16،17)

 

- އިމާމް ޢުމަރު ސުލައިމާންގެ ދަރުސަކުން

 

މިއަދު އޮންލައިން