ހަސަދަވެރިން ނުބައި ކަންކަން ކުރުމުންނާ ނުބައި ބަސްތައް ބުނުމުން ﷲ ތަޢާލާގެ ޙަޟްރަތުގަ ތިބާގެ ދަރަޖަ އުފުލޭނެ މަގު-: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 19ސ
ހަސަދަވެރިން ނުބައި ކަންކަން ކުރުމުންނާ ނުބައި ބަސްތައް ބުނުމުން ﷲ ތަޢާލާގެ ޙަޟްރަތުގަ  ތިބާގެ ދަރަޖަ އުފުލޭނެ މަގު-: މުފްތީ މެންކް

ދުނިޔޭގައި އުޅޭ އެންމެންނަކީ ރަނގަޅު މީހުން ކަމުގައިވީ ދުނިޔެ ދެފައެއް ނުވެއެވެ. ނުވެސް ދެކޭނެއެވެ. އަދި މިއަދު ވެސް ދުނިޔޭގައި އުޅޭ އެންމެންނަކީ ރަނގަޅުމީހުން ކަމުގައިވާނެ އެއްވެސް ގޮތެއް ނެތެވެ. 

ވީމާ ނުބައިމީހުން އުޅޭނެއެވެ. އެމީހުން ތިބާ އާއިމެދު ނުބައި ބަސްތައް ބުނާނެއެވެ. ނުބައި ވާހަކަތައްވެސް ދައްކާނެއެވެ. ހިތުގައި ޖެހޭފަދަ ވާހަކަތައްވެސް ދައްކާނެއެވެ. 

އެކަން ޖެހޭނީ އެމީހުންނާއި ﷲ ތަޢާލާ އާއި ދެމެދަށް ދޫކޮށްލާށެވެ. އެމީހުން ކުރި އެއްވެސް ނުބައިކަމަކުން ތިބާ ފާފަވެރިއެއް ނުވާނެއެވެ. އަދި އެމީހުން ބުނި ނުބައި ބަހަކުން ތިބާއަށް ލިބޭނެ ދެރައެއްވެސް ނެތެވެ. 

އެމީހުން ކުރިކަންތަކާއި ދެއްކި ވާހަކަތަކާއި ބުނިބަސްތައް ﷲ ތަޢާލާ ދެކެވޮޑިގެންވެއެވެ. އައްސވައިވޮޑިގެންވެއެވެ. އެކަންކަމަށް ޙައްޤުޖަޒާ ﷲ ތަޢާލާ އެމީހުންނަށް ދެއްވަވާނެތެވެ. ވީމާ އެކަމަށްވިސްނާކަށްވެސް ތިބާއަކަށް ނުޖެހޭނެއެވެ. 

އަދި ބުނަންހެއްޔެވެ؟ އެކަންކަމަށް ތިބާ ރައްދުދޭގޮތަށް ﷲ ތަޢާލާ ބައްލަވައިވޮޑިގެންވެއެވެ. ރައްދުދޭންވެސް އެމީހުން ކުރިފަދަ ކަމެއް ތިބާކޮށްފިނަމަ، ނުވަތަ އެމީހުން ބުނި ނުބައި ބަހެއް ތިބާ ބުނެފިނަމަ ތިބާ ފޭލްވީއެވެ. ތިބާވެސް ފާފަވެރިވީއެވެ. 

އެއިގެ ބަދަލުގައި ހިނިތުންވެލާފައި ﷲ ތަޢާލާއަށް ވަކީލްކޮށްލައިފިނަމަ އެމީހުން ކުރިކަންތަކާއި ނުބަސްތަކުގެ ސަބަބުން ﷲ ތަޢާލާގެ ޙަޟްރަތުގައި ތިބާގެ ދަރަޖަ އުފުލިގެންދާނެއެވެ. އިން ޝާ ﷲ. އެއީ ތިބާ ﷲ ތަޢާލާއަށް ވަކީލްކޮށްލައި ﷲ ތަޢާލާއަށް ކިޔަމަންތެރިވީތީއެވެ. 

ވީމާ ހަސަދަވެރިން ކުރާ ކަންކަމަށް އަދި ބުނާ ނުބައި ބަސްތަކަށް ރައްދުނުދީ ތިބާގެ ދަރަޖަ އުފުލަން މަސައްކަތްކުރާށެވެ!

 

- މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން