ކަންބޮޑުވާންޖެހޭ ޙާލަތެއްގައި ހުރި މީހެއްގެ ގާތުގައި ކަންބޮޑުނުވާން ބުނަމަކީ ދެވޭ އިތުރު އަނިޔާއެއް! ކުރިމަތިކުރުވޭ އިތުރު މާޔޫސްކަމެއް! ބުނަންޖެހޭނީ މިމަގުން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 12ސ
ކަންބޮޑުވާންޖެހޭ ޙާލަތެއްގައި ހުރި މީހެއްގެ ގާތުގައި ކަންބޮޑުނުވާން ބުނަމަކީ ދެވޭ އިތުރު އަނިޔާއެއް! ކުރިމަތިކުރުވޭ އިތުރު މާޔޫސްކަމެއް! ބުނަންޖެހޭނީ މިމަގުން!

ކަންކަން ކުރިމަތިވުމުން ކަންބޮޑުވެގެންވާ ޙާލުގައި ތިބޭ މީހުންނަށް އެބަ ބުނެވެއެވެ. "ކަންބޮޑުނުވާށެވެ!" އެފަދަ ޙާލުގައި ހުރި މީހަކަށް މިހެން ބުނުމަކީވެސް އޭނާގެ ކަންބޮޑުވުން އިތުރަށް އިތުރުވާނެ ކަމެކެވެ.  

ސަބަބަކީ އެހެން ބުނުމުން އަންގައިދެނީ އޭނާއަށް ކަންބޮޑުވާން ޖެހިގެން ހުރި ޙާލަތަކީ ތިބާއަށް އެއްވެސް ކަމަކަށް ނުވިކަމެވެ. ތިބާގެ ކުރިމަތީގައި އެކަންކަމަކީ އެއްވެސް މައްސަލައަކަށް ނުވިކަމެވެ.  

މީހުންނަށް ކުރިމަތިވާ ކަންބޮޑުވުންތަކުގެ ވާހަކަ އެހެން މީހުންނަށް ކިޔައިދެނީ އެހީތެރިކަން ލިބޭނެ ކަމަށެވެ. އެންމެ ކުޑަމިނުން ހިތްވަރުދިނުމުގެ ބަހެއް ނަމަވެސް ބުނާނެ ކަމަށެވެ. ވީމާ އެމީހާގެ ކަންބޮޑުވުންތައް ކިޔައިދިނުމުން އެއީ މައްސަލައަކަށް ނުވިނަމަ އަނެކާއަށް ކުރާނެ އަސަރު ހިތަށް ގެންނާށެވެ.  

ކަންބޮޑުވާންޖެހޭ ޙާލަތެއް ކުރިމަތިވެ ކަންބޮޑުވުމުގައި ހުންނަ މީހެއްގެ ގާތުގައި ވާހަކަދައްކަންޖެހޭނީ އޭނާގެ މައްސަލަތަކުގައި އޭނާއަށް އެހީތެރިވުމަށެވެ. ހިތްވަރުދިނުމަށެވެ. އެކަމަކުން އަރައިގަނެވޭނެ ގޮތުގެ ވިސްނުމެއް ކިޔައިދިނުމަށެވެ.  

ވީމާ ބުނާށެވެ! "ކުރިމަތިވެފައި ތިއަވަނީ ހިތާމަވެރި ޙާލަތެކެވެ. އެހެންކަމާއިއެކުވެސް ހިތްވަރުކުރާށެވެ! ﷲ ތަޢާލާއަށް ވަކީލުކުރާށެވެ! ދުޢާކުރާށެވެ! އެއިރުން ތިބާއަށް އަރައިގަނެވޭނެ މަގެއް ދައްކަވާނެތެވެ. އިން ޝާ ﷲ"  

ކަންކަން ކުރިމަތިވުމުން ކަންބޮޑުވެވޭނެއެވެ. ކަންބޮޑުނުވާންވީ އެކަމުން އަމިއްލަ ނަފްސަށް ގެއްލުން ނުވާނެ މިންވަރަށެވެ. އީމާންކަން ކުޑަވެ ނުބައި މަގަކުން ނުގޮސް ﷲ ތަޢާލާގެ މަގުގައި ޘާބިތުވެ ހުރެވޭނެ ވަރަށެވެ. އެއިރުން އެހުރެވެނީ ރަނގަޅު މަގުގައެވެ. އިން ޝާ ﷲ 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން   

މިއަދު އޮންލައިން