ބުއްދި އެއިގެ ފާލުން ނައްޓުވާލައިފިނަމަ ނުހެދޭނެ ގޯހެއް ނުއޮންނާނެ! ނުކުރެވޭނެ ފާފައެއްވެސް ނުއޮންނާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 4ސ
ބުއްދި އެއިގެ ފާލުން ނައްޓުވާލައިފިނަމަ ނުހެދޭނެ ގޯހެއް ނުއޮންނާނެ! ނުކުރެވޭނެ ފާފައެއްވެސް  ނުއޮންނާނެ!

ބުއްދި ފިލައިދާ އެއްވެސް ކަމެއް ކުރުމަކީ އެއްވެސް ދީނެއްގައި ކުރަން ހުއްދަކަމެއް ނޫނެވެ. އެކަމުގެ ސަބަބުތައްވެސް އެނގެއެވެ. އެންމެ ބޮޑު އެއް ސަބަބަކީ ބުއްދި އެއިގެ ފާލުން ނައްޓުވާލައިފިނަމަ ނުހެދޭނެ ގޯހެއް ނުއޮންނާނެތީއެވެ. ނުކުރެވޭނެ ފާފައެއްވެސް ނުއޮންނާނެތީއެވެ. އެއިގެ އިތުރުން މަސްތުވާ ކޮންމެ އެއްޗަކީވެސް އިންސާނާގެ ޞިއްޙަތަށް ނުހަނު ބޮޑަށް ގެއްލުންދޭ އެއްޗަކަށްވާތީއެވެ.

މަސްތުވުން ހުއްދަކޮށްގެން އުޅެނީ އިންސާނުން އަމިއްލައަށެވެ. އެއީ ޝައިޠޯނާގެ ކިބައިން ދަސްކޮށްގެން އުޅޭ އެންމެ ނުބައި އާދައެވެ. ޝައިޠޯނާގެ ބޭނުމަކީ މީސްތަކުންގެ ފިލުމުން ޝައިޠޯނާ ބޭނުންވާ ހުރިހާ ފާފަތަކެއް ކުރާނެތީއެވެ.

އިމާމް ޙަސަނުލްބަޞަރީ ވިދާޅުވެފައިވެއެވެ. "ބުއްދިއަކީ ފައިސާދީގެން ގަނެވޭނެއެއްޗެއްނަމަ ބުއްދި ގަންނަން (ކިތަންމެ ގިނައިން ނަމަވެސް) ފައިސާ ޚަރަދުކުރާނެއެވެ. ނަމަވެސް ތިމަންކަލޭގެފާނު ޢަޖައިބުވަނީ މީސްތަކުން އެ ބުއްދި ފުލުވައިލުމަށް ޚަރަދުކުރާތީއެވެ."

އިމާމް އެވިދާޅުވާ ބަސްފުޅުގެ މާނައަށް ވިސްނައިލާށެވެ.! ބުއްދިއަކީ ފައިސާ ދީފައި ގަނެވޭނެ އެއްޗެއްނަމަ ކިތަންމެ ބޮޑު އަގެއްދީފައި ނަމަވެސް ބުއްދި ގަންނަން ބޭނުންވާނެއެވެ.

އިމާމް މިފަދަ ބަސްފުޅެއް ވިދާޅުވެފައިއެވަނީ ދުނިޔޭގައި ޓެކްނޮލޮޖީގެ ވިޔަފާރި ކުރިއަރާފައިވާ ޒަމާނެއްގައެއް ނޫނެވެ. ނަމަވެސް މިއަދު އެބަސްފުޅުގެ ތެދުކަން މިއޮތީ ފެންނާށެވެ. އެކަމުގެ ހެއްކަކީ މިއަދު ދުނިޔޭގައި އެންމެ ބޮޑުއަގުގައި ވިއްކައިލެވޭ އެއްޗަކީ އިންސާނާގެ ބުއްދި ބޭނުންކޮށްގެން އުފައްދާ ޓެކްނޮލޮޖީކަމެވެ.

ބުއްދި ފިލުވާލަން ޚަރަދުކުރާކަމަށް ވިދާޅުވެފައިވާ ބަސްފުޅުގެ މާނައަކީ މަސްތުވާތަކެތި ބޭނުންކުރުމަށާއި ބަނގުރާ ބުއިމަށް ފައިސާ ޚަރަދުކުރާ ވާހަކައެވެ. އެކަންކަން ކުރުމުން ބުއްދި ފިލައިގެންގޮސް އަތުންފައިން ބޮޑެތި ގޯސްތައް ހެދޭއިރުގައިވެސްމެއެވެ.

 

ފާހިޝް އަމަލުކުރުމަށް ނުވަތަ ކުޑަކުއްޖަކު މެރުމަށް ނުވަތަ ބަނގުރާ ބުއިމަށް އަންހެނަކު ހުށަހެޅުމުން ކަންތައްތައްމެދުވެރިވި ގޮތާއިމެދު ވިސްނައިލާށެވެ.

އޭނާއަކީ ﷲ ތަޢާލާއަށް ބިރުވެތިވާ، އަޅުކަންކޮށްއުޅޭ މީހަކަށްވާތީ ފާޙިޝް ޢަމަލުކުރުމާ މީހުން މެރުން ފަދަ ބޮޑު ފާފައެއް ނުކުރަންވެގެން އެންމެ ކުޑަ ފާފަ ކަމަށްބަލައި ބަނގުރާ ބުއިމީހާއަށް ކަންކަން ކުރެވުނު ގޮތާއިމެދު ވިސްނައިލާށެވެ. ބަނގުރާ ބޮއެ މަސްތުވުމުން މަސްތުގެ ޙާލަތުގައި ހުރެ އޭނާވަނީ ކުއްޖާމަރާލައި އަދި އެ އންހެން މީހާ އާއިއެކު ފާހިޝް އަމަލުވެސް ހިންގައިފައެވެ. އަންހެން މީހާ ބުނި 3 ފާފަވެސް ކޮށްފައެވެ.

މަޢުލޫމާތު: ޝައިޚް ޢަލީ ޒައިދުގެ ދަރުސަކުން

ދަރުސް އަޑުއައްސަވާލައްވާ:

 

https://www.facebook.com/islamicaffairsmv/videos/567256421266567

މިއަދު އޮންލައިން