ތިމާ އެދޭ ގޮތަށް ކުރިއަށްދާން ހުރަސްއެޅޭނަމަ ދުޢާކުރަން އޮތް މަގު-: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 6ސ
ތިމާ އެދޭ ގޮތަށް ކުރިއަށްދާން ހުރަސްއެޅޭނަމަ ދުޢާކުރަން އޮތް މަގު-: މުފްތީ މެންކް

ޒަވާނީ ހަޔާތުގައިވެސް އަދި އެހެން ކަމެއްގައިވެސް ކުރިއަށްދާން ބޭނުންވާ މަގު ބަންދުވެފައިވާނަމަ އެކަމަކުން އަރައިގަނެ ކުރިއަށްދާން ތިބާއަށް ކުރެވެން ހުރި ކަންކަން ނުކޮށްހުރެ ގޮތް ހުސްވެއްޖެ ކަމަށް ނުބުނާށެވެ. ގޮތް ހުސްވިކަމަށްވާނީ ތިމާއަށް ކުރަންޖެހޭ ކަންކަން ކުރުމުންވެސް ގޮތެއް ނުފެނިއްޖެނަމަ އެކަންޏެވެ. 

އެޙާލަތުގައިވެސް ދުޢާކުރަމުން ގެންދާށެވެ. އެކަށީގެންވާ މުއްދަތެއްގައި ދުޢާކުރުމުންވެސް ކުރިއަށް ދެވޭނެ މަގެއް ނުފެނިއްޖެނަމަ އެކަމަކާއިގެން ކުރިއަށްދާން މަސައްކަތްކުރުން އެވަޤުތައް ހުއްޓައިލާށެވެ. އަދި އިސްތިޚާރާގައިވާފަދައިން ދުޢާކުރާށެވެ! 

އެގޮތަކީ އެކަމަކީ ތިމާއަށް ފައިދާހުރި ގޮތެއް ނޫންނަމަ އެކަމުގައި ކުރިއަސް ދެވޭނެ މަގެއް ނުދެއްކެވުމެވެ. ތިމާއަށް ފައިދާހުރި ގޮތް ވިސްނުމުގެ ބާރު ދެއްވެވުމެވެ. އަދި އެގޮތަކަށް ކުރިއަށްދެވޭނެ މަގު ފަހިކޮށްދެއްވެވުމެވެ. 

އެއިރުން އެމީހަކަށް އެންމެ ފައިދާކުރާނެ ގޮތަކަށް ކަންކަން ފަހިކޮށްދެއްވަވާނެތެވެ. ކުރިއަސް ދެވޭނެ މަގު ދައްކަވާނެތެވެ. އިން ޝާ ﷲ 

އިޚްލާޞްތެރި އަޅުންގެ ދުޢާ ﷲ ތަޢާލާ ޢިޖާބަކުރައްވަވާނެތެވެ. އެންމެ މުހިންމު ކަމަކީ ﷲ ތަޢާލާއަށް އިޚްލާޞްތެރި އަޅެއްގެ ގޮތުގައި ޘާބިތުވެ ހުރުމެވެ. ފަރުޟުތައް އަދާކުރުމާއި ސުންނަތް އަޅުކަން ކުރުމުގައި ޘާބިތުވެ ހުރުމެވެ. ނަހީކުރެއްވެވި ކަންކަމުން ދުރުހެލިވެ ހުރުމެވެ. 

- މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން