ކުއްލިއަކަށް ނިދީން ހޭލެވިއްޖެނަމަ އުފާކުރާށެވެ! އެއީ ތިބާގެ ހިތް ފުރާލަން ދެއްވެވި ފުރުޞަތެކެވެ! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 7ސ
ކުއްލިއަކަށް ނިދީން ހޭލެވިއްޖެނަމަ އުފާކުރާށެވެ! އެއީ ތިބާގެ ހިތް ފުރާލަން ދެއްވެވި ފުރުޞަތެކެވެ! އިން ޝާ ﷲ

ނިދުމަށްފަހު ފަތިސް ނުވަނީސް ނުވަތަ ހެނދުނު ނުވަނީސް ހޭލެވިއްޖެނަމަ ގިނަ ބައަކަށް ވިސްނެނީ އެއީ ޖެހުނު ތަކްލީފެއްކަމަށެވެ. އެހެންވެ ބައެއް މީހުންނަށް ރުޅިވެސް އައުދެވެއެވެ. ގަދަކަމުން ދެލޯ މަރައިގެންވެސް އަލުން ނިދަން މަސައްކަތްކުރެއެވެ. 

އެފަދަ މީހުން މިޙަދީޘްފުޅު ނުއެނގެނީކަމަސްވެދާނެއެވެ. އެހެންވެ ބަޔާންކޮށްލާނަމެވެ. 

ރަސޫލު الله ޙަދީޘް ކުރެއްވި ބަސްފުޅެއްގެ މާނައިގާވެއެވެ. 

"މުސްލިމަކު ޠަހާރަތުގެ މަތީގައި ޛިކުރު ކުރާ ޙާލު ނިދުމަށްފަހު، ދެން ރޭނގަޑު ކުއްލިއަކަށް ހޭލެވުމުން ދުނިޔެ އާއި އާޚިރަތުގެ ހެޔޮކަމަށް އެދި ދުޢާކޮށްފިނަމަ އެ ދުޢާ އިޖާބަ ކޮށްދެއްވާ ހުއްޓެވެ. " 

أخرجه أبو داود (5042) 

ވީމާ ނިދީން ހޭލެވުމުން އަވަސްވާންވީ ފޯނުނަގައި މެސެޖެއް އައިސްފައިވޭތޯ ނުވަތަ މިސްކޯލެއް އިންތޯ ބަލާކަށް ނޫނެވެ. އަވަސްވެގަންނަންވީ ދުޢާކުރުމަށެވެ. މިފަދަ ނުރަނގަޅު އާދަތައް ދޫކޮށްލާށެވެ! 

ފުރަތަމަކަމަކަށް ޠަހާރަތުގެ މަތީގައި ޛިކުރު ކުރަމުން ނިދާށެވެ! ނިދުމުގެ ކުރިން ވުޟޫކުރަން މަސައްކަތްކުރާށެވެ! ނިދީން ހޭލެވިއްޖެނަމަ ބޭކާރު ކަންކަން ނުކޮށް ދުނިޔެއާއި އާޚިރަތުން އެމީހަކު ޙާޞިލްކުރަން ބޭނުންވާ ކަންކަމަށް އެދިގެން ދުޢާކުރާށެވެ! ހިންމަވައިދެއްވަވާނެކަން އެއޮތީ ޙަދީޘްފުޅުން އެނގޭށެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން