ކިތަންމެ މަތީ މަޤާމެއްގަ ހުރިނަމަވެސް، ކިތަންމެ ބޮޑު ބާރެއް ލިބިފައިވީނަމަވެސް ﷲ ގެ ޙުކުމްފުޅުތަކަށްވުރެ މޮޅު ގޮތެއް ތިމާއަށް އެނގޭކަމަށް ޤަބޫލުކުރުމަކީ ކުފުރުގެ އަމަލެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 11ސ
ކިތަންމެ މަތީ މަޤާމެއްގަ ހުރިނަމަވެސް، ކިތަންމެ ބޮޑު ބާރެއް ލިބިފައިވީނަމަވެސް ﷲ ގެ ޙުކުމްފުޅުތަކަށްވުރެ މޮޅު ގޮތެއް ތިމާއަށް އެނގޭކަމަށް ޤަބޫލުކުރުމަކީ ކުފުރުގެ އަމަލެއް!

މިހާރަކަށް އައިސް އެކިއެކި ކަންކަމުގައި ވާހަކަދައްކަމުން ނުވަތަ ޤާނޫނުތައް ފާސްކުރަމުން، ނުވަތަ ތިމާއަށް ލިބިފައިވާ ބާރުގެ ބޭނުންކުރަމުން ﷲ ތަޢާލާ ބާވައިލެއްވެވި ޙުކުމްފުޅުތަކަށްވުރެ މިވެނި ގޮތެއް މާރަނގަޅުވާނެ ކަމަށް އެބަބުނެއެވެ. މައްސަލައަށް އެންމެ ރަނގަޅު ޙައްލު އޮތީ އެމީހާއަށް ވިސްނޭ ގޮތަށް ކަންކަން ކުރުމުން ކަމަށްވެސް އެބަ ބުނެއެވެ. 

މިފދަ މީހުން ބިރުވެތިވާށެވެ! ނުއެނގި ހުރެ ނަމަވެސް، ޤަޞްދުގައި ނޫންނަމަވެސް އެބުނެވެނީ ކުފުރުގެ ބަހެކެވެ. 

މިކަމާއި ގުޅިގެން ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް ވިދާޅުވެފައިވަނީ މިފަދައިންނެވެ.  

"ﷲ ތަޢާލާގެ ޝަރީޢަތަށްވުރެ ފުރިހަމަ ޝަރީޢަތެއް ނުވެއެވެ. އަޅުތަކުންގެ މަޞްލަހަތުވެސް އެންމެ މޮޅަށް ދެނެވޮޑިގެންވަނީ ﷲ އެވެ. އެ އިލާހުގެ ޙުކުމްފުޅު ތަންފީޒްނުކޮށް އެއަށްވުރެ މޮޅު ގޮތެއް ތިމާއަށް އެނގޭ ކަމަށް ދައުވާ ކުރުމަކީ ކުފުރުގެ އަމަލެކެވެ!" 

ޑރ. އިޔާޟް ގެ މި ބަސްފުޅުން އެނގިގެންދަނީ ﷲ ތައާލާގެ ޙުކުމްފުޅުތައް ދޫކޮށްލައި އަމިއްލަ ޙުކުމްތައް ނެރުމަކީ ކަނޑައެޅިގެން ކުފުރުގެ އަމަލެއް ކަމެވެ. ﷲ ތަޢާލާއަށް ބިރުވެތިވާ އެއްވެސް މީހަކު އެފަދަ ބަހެއް ނުބުނާނެއެވެ! އަދި އެފަދަ ކަމަކަށް ވަކާލާތެއްވެސް ނުކުރާނެއެވެ. 

ﷲ ތަޢާލާ ބާވައިލައްވަވާފައިވާ ޙުކުމްފުޅުތަކާއި ދެކޮޅަށް ވާހަކަ ދައްކައި ޤިޞާޞް ހިފުމާއި ދެކޮޅަށް ވާހަކަދައްކާ މީހުންނަށް އެމީހުންނަށް އެކުރެވެނީ ކިހައިވައރެއްގެ ނުބައި ކަމެއްކަން އެނގެން އެބަޖެހެއެވެ. ވިސްނައި ތައުބާވާން އެބަ ޖެހެއެވެ.

 

 

މިއަދު އޮންލައިން