ދަރިފުޅަކީ ކިޔަމަންތެރި މާތްވެގެންވާ މަލާއިކަތުންނާ އެކުގައިވާ ދަރިއަކަށް ވުމަށް ނުއެދޭނެ މީހަކު ހުންނާނެތަ؟ މަގު މިއޮތި- ބާރަށް ކުރިއަށް ވަޑައިގަންނަވާ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 27ސ
ދަރިފުޅަކީ ކިޔަމަންތެރި މާތްވެގެންވާ މަލާއިކަތުންނާ އެކުގައިވާ ދަރިއަކަށް ވުމަށް ނުއެދޭނެ މީހަކު ހުންނާނެތަ؟ މަގު މިއޮތި- ބާރަށް ކުރިއަށް ވަޑައިގަންނަވާ!

ރަސޫލް ޞައްލﷲ ޢަލައިހިވަސައްލަމަ ކުރައްވަވާފައިވާ ޙަދީޘްފުޅެއްގެ މާނައިގައިވެއެވެ. "ކީރިތި ޤުރުއާނު (ހިތުދަސްކޮށް) ރިވެތިކޮށް ރަނގަޅަށް ކިޔަވާމީހާވާނީ ކިޔަމަންތެރި މާތްވެގެންވާ މަލާއިކަތުންނާ އެކުގައެވެ. އަދި ދަތި އުނދަގުލާއެކު އަޅައަޅައިގަންނަ ޙާލު (ޤުރުއާނަށް ފަރުވާތެރިވެ) އެކަމަށް މަސައްކަތްކުރާ މީހާއަށް ދެ ދަރުމަ ވެއެވެ."

« [رواه البخاري (4937)، ومسلم (798)] 

ދެން އިތުރަށް ބުނަންއޮތީ ކީކޭހެއްޔެވ؟ ކަންއޮތްގޮތް އެއޮތީ ވަރަށް ސާފުކޮށް ފެންނާށެވެ. "ކީރިތި ޤުރުއާނު (ހިތުދަސްކޮށް) ރިވެތިކޮށް ރަނގަޅަށް ކިޔަވާމީހާވާނީ ކިޔަމަންތެރި މާތްވެގެންވާ މަލާއިކަތުންނާ އެކުގައެވެ." ތިބާގެ ދަރިފުޅަކީ ޙާފިޡަކަށްވެ މާތްވެގެންވާ މަލާއިކަތުންނާއިއެކުގައިވާތަން ފެނުމުން ތިބާގެ ހިތް އުފަލުން ފުރި ބަންޑުންނުވާނެ ހެއްޔެވެ؟ 

އަދި ޢުޘްމާން رضي الله عنه ގެ އަރިހުން ރިވާވެގެންވެއެވެ. ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.

މާނައީ: "ތިޔަބައިމީހުންކުރެ އެންމެ ހެޔޮވެގެންވާ މީހަކީ، ޤުރުއާން އުނގެނި އެ ޤުރުއާން އުނގަންނައިދޭ މީހާއެވެ." 

ކަންތައްތައް ދިމާވިގޮތުން ޤުރްއާން އުނގރނުމުގެ ފުރުޞަތު މައިންބަފައިންނަށް ނުލިބުނީއެވެ. އެހެންވެ އުނގެނި ޢިލްމުވެރި ނުވެވުނީއެވެ. އެޙާލަތުގައި ގަދައަޅައި މަސައްކަތްކުރަންވީ ދަރިން ނުވަތަ އެހެންމީހުންގެ ދަރިންނަށްވެސްވެސް ޤުރްއާން އުނގަނައިދީ ޢީލްމުވެރިކުރުވޭތޯއެވެ. އަދި އެކުދިންނަކީ ޤުރްއާން އުނގަންނައިދޭ ބައަކުކަމުގައި ހެދުމަށެވެ. އެއިރުން ތިބާއަށް ޙައްޤު މިންވަރަށް ތިބާއަށް ޘަވާބު ދެއްވަވާނެތެވެ. އިން ޝާ ﷲ 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

 

މިއަދު އޮންލައިން