ޙަރާމް ކަންކަން ކުރުމުން ދުރުވެގަންނާނެ ގޮތްތައް- 1

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 4ސ
ޙަރާމް ކަންކަން ކުރުމުން ދުރުވެގަންނާނެ ގޮތްތައް- 1

ޢާއިޝަތު ރަފާޙް ޢަލީކޮންމެ އިންސާނަކަށްވެސް ގޯސްތައް ހެދެއެވެ. ޝައްކެއްވެސްނެތްގޮތުގައި، މުސްލިމަކަށް ފާފައެއް ކުރެވުމުން ތައުބާވެ، ޙަރާމް ކަންތައްތަކުގެ ދޮރުތައް ބަންދުކުރުމަށް މަސައްކަތް ކުރަންޖެހެއެވެ. އެހެންކަމުން ޙަރާމް ކަންކަމުން ދުރުހެލިވުމަށް ކުރެވިދާނެ ބައެއް ކަންކަން ތިރީގައި އެވަނީއެވެ. 

ﷲ ތަޢާލާގެ ޙަޟްރަތައް ގުޅުން ބަދަހިކުރުން

މާތްالله އަށް އީމާންވުން ވަރުގަދަ ކުރުމަކީ ޙަރާމް ކަންކަމުން ދުރުވެ އެކަންކަން ފެށޭ ތަންތަން ބަންދުކުރުމަށް އެންމެ މުހިންމު އެއް ގޮތެވެ. ތިރީގައި މިވަނީ މާތްރަސްކަލާނގެއާ ގާތްވެވޭނެ ބައެއް ގޮތްތަކެވެ. 

· ﷲ ތަޢާލާއަށް އީމާންވުމުގައި ތަޤްވާވެރިވުން: މުސްލިމަކު ﷲ ތަޢާލާ އާއި ގާތްވެ މާތްالله ގެ ދީނުގައި ސާބިތުވެ ހުރުމަށްޓަކައި، ﷲ ތަޢާލާ އަމުރުކުރެއްވި ކަންކަން ކުރުމުގައި ދެމިހުރުމާއި، ދުޢާ ކުރުމާއި އިސްތިޢްފާރު ކުރުން ގިނަކުރުން މަތީގައި ދެމިހުރުން ވަރަށް މުހިއްމެވެ.

· ނަމާދު ޤާއިމްކުރުން: ނަމާދު ވަގުތުން އަދާކުރުމަށް ސަމާލުކަން ދިނުމަށާއި، އެކަން ލަސް ނުކުރުމަށް މަސައްކަތް ކުރުމެވެ. އެހެނީ ނަމާދަކީ ނުބައިކަންކަމާއި، ޙަރާމް ކަންކަން މަނާކޮށް، އީމާންތެރިކަން ވަރުގަދަކޮށް، ނުބައި އެދުންތަކާ ދުރުކޮށްދޭ އެއްޗެކެވެ.

· ﷲ ތަޢާލާ އަމުރުކުރެއްވި ގޮތަށް ރޯދަ ހިފުން: އެއީ ފާފައާ ދެކޮޅަށް އަހަރެމެން ވަރުގަދަކޮށްދީ، ކެތްތެރިކަމާއި ދިރިއުޅުމުގެ ދަތިތަކަށް ކެތްތެރިވުމަށް ދަސްކޮށްދީ، އެދުންތަކާއި، ގޯސްތަކާއި ނުބައި އެކުވެރިންނާއި އެކީގައި ނުވުމަށް ދަސްކޮށްދޭ އެންމެ ބާރުގަދަ އެއް އަޅުކަމެވެ.

· ކީރިތި ޤުރްއާން ތިލާވަތު ކުރުމާއި އެކަމުގައި ގިނަ ވަގުތު ހޭދަކުރުން: ކީރިތި ޤުރްއާނުގެ ތަފްސީރު ކިޔައި އޭގެ ހުރިހާ މާނައެއް ވިސްނައި، ހެޔޮކަން ހުރި ތަނާއި ނުބައިކަން އެނގޭނެ ގޮތާއި، މުސްލިމަކު ހެޔޮކަމުގެ މަގުގައި ކުރިއަށް ގޮސް ޙަރާމް ކަންކަމުން ދުރުހެލިވާ ގޮތް އެނގިގެންދާނެއެވެ. 

· ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމްގެ ސުންނަތް ދަސްކުރުން: އަދި ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމް ގެ ޙަދީޘްފުޅުތައް ކިޔެވުމަށް ވަގުތު ހޭދަކުރުމުގެ ސަބަބުން އަޅުގަނޑުމެންގެ ދީން އިތުރަށް ދެނެގަނެ، ހެޔޮ މަގުގައި ހިނގުމުގެ ޘަވާބު، އަދި ނުބައި މަގުގައި ހިނގުމުގެ އަދަބު ދެނެގަނެވެއެވެ. އެހެނީ ޙަރާމް ޢަމަލުތައް ކުރުމުން  މުސްލިމަކަށް ލިބޭ އަދަބުގެ ބޮޑުކަން އެނގޭއިރު، އެ ޢަމަލުތައް ކުރުމަށް ބިރުގަންނާނެއެވެ. ފާފަތަކަށް އަރައިގަތުމުގެ ކުރިން އެއްފަހަރަށް ވުރެ ގިނަ ފަހަރު ވިސްނާނެއެވެ.

މިއަދު އޮންލައިން