ކައިވެނީގެ ވަލީމާ ބާއްވަން އެންމެ ރަނގަޅު ވަޤުތަކީ ކޮބާ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 6ސ
ކައިވެނީގެ ވަލީމާ ބާއްވަން އެންމެ ރަނގަޅު ވަޤުތަކީ ކޮބާ؟

ކައިވެނީގެ ވަލީމާ ބާއްވަން އެންމެ ރަނގަޅު ވަޤުތާއިބެހގޮތުން ބައެއް ކިޔުންތެރިން ސުވާލުކުރައްވަވާތީ ދަންނަވަމެވެ. ތިރީގައިވާ ލިޔުން ވިދާޅުވެލައްވާށެވެ! ޖަވާބު ލިބިލއްވާނެއެވެ. އިން ޝާ ﷲ  

ކައިވެނީގެ ވަލީމާ ބޭއްވުމަށް އެންމެ ރަނގަޅު ވަޤުތަކީ ކައިވެނިކޮށް ރޭކުރުމަށް ފަހުގައެވެ. އެއީ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޢަމަލުކުރެއްވި ގޮތަށް ތަބާވުމަށްޓަކައެވެ. އަދި ރޭކުރުމުގެ ކުރިން ވަލީމާ ބޭއްވި ކަމުގައިވިޔަސް ނުވަތަ ކައިވެނި ޢަޤުދުކުރާ ވަޤުތު ނޫނީ އޭގެ ފަހުން ވަލީމާ ބޭއްވި ކަމުގައި ވިޔަސް މައްސަލައެއް ނެތެވެ. 

މިކަން ތަނަވަސްވެގެން ވެއެވެ. އެމީހެއްގެ ޤައުމުގައި އެކަންކުރަމުންދާ ގޮތަށް (އެވަޤުތުގައި) އެކަން ކުރުން އައުލާވެގެންވެއެވެ. އެކަމުގައި ވާޖިބުކަމަށް ނުވަތަ މުސްތަޙައްބުކަމަށް ދަލާލަތުކުރާ ނައްޞެއް އައިސްފައި ނެތުމުންނެވެ. 

حديث أنس: ( أَصْبَحَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ عَرُوسًا بِزَيْنَبَ بِنْتِ جَحْشٍ ، وَكَانَ تَزَوَّجَهَا بِالْمَدِينَةِ ، فَدَعَا النَّاسَ لِلطَّعَامِ بَعْدَ ارْتِفَاعِ النَّهَارِ} رواه البخاري (4793) ومسلم (1428){ 

އަނަސް ރަޟިޔަﷲ ޢަންހު ވިދާޅުވިއެވެ. "ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަ ޒައިނަބް ބިންތު ޖަޙްޝް އާ (ރޭގަނޑު) ކައިވެނި ބައްލަވައިގަތެވެ. އެކަލޭގެފާނު ޒައިނަބުގެފާނާ ކައިވެނި ބައްލަވައިގަތީ މަދީނާގައެވެ. ދުވާލުވުމާއެކު، މީސްތަކުންނަށް އެކަލޭގެފާނުގެ ކައިވެނީގެ ވަލީމާގެ ދަޢުވަތު ދެއްވިއެވެ." 

- ޝައިޚް މުޙައްމަދު ޝާފިޢު 

މަރްޖިޢު

https://islamqa.info/ar/answers/131252

 

 

މިއަދު އޮންލައިން