މިޒަމާނުގައިވެސް އަޅުގަނޑުމެންގެ ތެރޭގައި ޖިންނި އުޅޭނެތޯއެވެ؟ އެއަށް ގެއްލުމެއް ދެވިއްޖެނަމަ ބަދަލުހިފާނެ ކަމަސް އެބުނަނީ ތެދެއްތޯއެވެ؟
ޖަވާބުގައި ބުނަންޖެހެނީ ﷲ ތަޢާލާ ދުނިޔޭގައި ލައްވަވާފައިވާ ކޮންމެ އެއްޗެއްވެސް ދުނިޔޭގައި އުޅޭނެއެވެ. ލޮލަށް ނުފެނުމަކީ ނުއުޅޭކަށް ޞަލަންޖެހެންވީ ސަބަބެއް ނޫނެވެ. ދެވަނައަށް ތިައކުރި ސުވާލުގެ ޖަވާބަކަށް ބުނަންޖެހެނީ ރުޤްޔާކުރަންޖެހޭ ގިނަ ބައެއްގެ ކިބައިން ބަދަލުހިފާކަން އެނގިގެންދާ ކަމަށެވެ.
ތިރީގައިވާ ލިޔުމުން ވަރަށް މުހިންމު މަޢުލުމާތުކޮޅެއް ލިބިލައްވާނެއެވެ. އިން ޝާ ﷲ
އަހަރެމެން ނަމާދުކޮށް އުޅޭ މިސްކިތް ކައިރިއެވެ. ޒުވާން ފިރިހެން ކުއްޖަކު އޮތީ ބިން މައްޗަށް ވެށްޓިފައެވެ. އޮވެގެން އޭނާގެ ދެއަތުން މަސައްކަތްކުރަމުން ގެންދިއައީ އޭނާގެ ކަރުގައި ހިފައި ބާރުކޮށް މަރުވުމަށެވެ.
އަހަރެމެން އޭނާ މިސްކިތުގެ ބައަކަށް ވެއްދީމުއެވެ. އަދި ފެންނަން ހުރި ނިޞާންތަކަށް ބަލައި ރުޤްޔާ ކުރީމެވެ. ވަކި ހިސާބަކުން އޭނާގެ ގައިގެ ބާރު ކެނޑި ހޭނެތުނެވެ. ކުއްލިއަކަށް އޭނާގެ ލޮލުން ނުކުތީ ޖިންނިއެކެވެ.
އެކަން އެނގުމުން އޭނާ މެދުވެރިކޮށް އޭނާއަށް މިވަރުގެ އަނިޔާއެއް ދެނީ ކީއްވެގެންތޯ ސުވާލުކުރުމުން ބުނީ އެ އެވާނާ އިޝާ ނަމާދު ވަގުތު ކައިރިވެފައި ވަނިކޮށް ދުވަމުން ގޮސް ޖިންނީގެ ދަރިއެއްގެ ބޮލަށް ފައިން އެރީ ކަމަށެވެ.
ކަން ދިމާވި ގޮތުން އެ ޖިންނި ވީ މުއުމިން ޖިންނިއަކަށެވެ. އެހެންކަމުން އެކަން މެދުވެރިވީ އަހަރެމެންނަށް ޖިންނި ނުފެންނާތީ ކަމާއި އެއީ ޤަޞްދުގައި ކުރި ކަމެއް ނޫންކަން ޖިންނިއަށް ވިސްނައިދިނުމުން ޖިންނި އެކަން ޤަބޫލުކުރިއެވެ. އަދި އޭނާ ދޫކޮށްލިއެވެ.
މިހާދިސާއަށް ބެލުމުންވެސް ގެއިން ބޭރަށް ނުކުންނަމުން ކިޔަންޖެހޭ ޛިކްރްތައް ނުކިޔުމާއި ޖިންނި ޝައިޠާނުންގެ ކިބައިން ސަލާމަތާއި ރައްކައުތެރިކަން ނުހޯދައި ބޭރުގައި އުޅުމުން މެދުވެރިވާ ކަންކަން މިހިރީ ފެންނާށެވެ!
--ޝައިޚް އަބޫ އިބްރާހީމް ޙުސައިންގެ ދަރުސަކުން