ފަހުދަންފަޅީގަ ހޭލައި ދުޢާކުރުމަކީ ފަރުޟެއް ނޫން! އެކަމަކު އެކަން ނުކުރާމީހާ އެދޫކޮށްލަނީ ލިބެން އޮތް ރަނުގެ ފުރުޞަތު!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 44ސ
ފަހުދަންފަޅީގަ ހޭލައި ދުޢާކުރުމަކީ ފަރުޟެއް ނޫން! އެކަމަކު އެކަން ނުކުރާމީހާ އެދޫކޮށްލަނީ ލިބެން އޮތް ރަނުގެ ފުރުޞަތު!: މުފްތީ މެންކް

ދިރިއުޅުމުގައި ފުރުޞަތަކީ އެންމެ މުހިންމު ކަންތަކެވެ. ﷲ ތަޢާލާ ދެއްވަވާ ފުރުޞަތުތަކުގެ ބޭނުން ނުހިފާނަމަ އެމީހަކަށް ކާމިޔާބީ ޙާޞިލުކުރެވޭނެ ގޮތެއް ނުވިސްނެއެވެ. މިބުނަނީ ޙަޤީޤީ ކާމިޔާބީގެ ވާހަކައެވެ. ދުނިޔެއާއި ޢާޚިރަތް ކާމިޔާބުކުރުމުގެ ވާހަކައެވެ.

އެހެން ފަރާތަކުން ނޫނެވެ. އަހަރެމެން އެދޭހައި ކަމެއް ހިންމަވައިދެއްވަވާ، އަދި ހިންމަވައި ދެއްވެވޭނެ ހަމައެކަނި ފަރާތުން ކޮންމެ ރެއަކު އެބަ ވަޙީ ކުރައްވަވަތެވެ. "ތިމަން ﷲ ގެ ޙަޟްރަތުން ކަމަކަށް/ ކަންކަމު އެދޭމީހުން ކޮބައި ހެއްޔެވެ؟ ފާފަ ފުއްސަވައިދެއްވެވުމަށް އެދޭ މީހުން ކޮބައިހެއްޔެވެ؟ އެދޭށެވެ! ހިންމަވައި ދެއްވަވާނަމެވެ. ފާފަ ފުއްސަވައި ދެއްވަވާނަމެވެ."

ނަމަވެސް އަހަރެންވެސް ހިމެނޭ ގޮތުން އަހަރެމެން އެންމެންގެ ޙާލަކީ ކޮބައިހެއްޔެވެ؟ އެކަމަށް ސަމާލުކަމެއް ނުދެވެއެވެ. ކަންނެތްވެ ނިދަން ތިބެވެނީއެވެ.

ތެދެކެވެ. ރޭގަނޑުގެ ފަހުދަންފަޅީގައި ތެދުވެ ނަމާދުކޮށް ޛިކުރުކޮށް ދުޢާކުރުމަކީ އަދާކުރަންޖެހޭ ފަރުޟެއް ނޫނެވެ. ވީމާ އެކަން ނުކުރުމަކުން ފާފަވެރިއެއް ނުވާނެއެވެ. ނަމަވެސް އެކަން ނުކުރުމުން އެދޫކޮށްލެވެނީ ލިބެން އޮތް ރަނުގެ ފުރުޞަތެކެވެ.

މީސްތަކުންނޭވެ! ކުއްލިއަކަށް ކޮންމެ ރެއަކު އެވަގުތު ހޭލަން ފަށަން އުނދަގޫވެދާނެއެވެ. ވީމާ އެންމެ ކުޑަމިނުން ފުރަތަމަ މަހަކު އެއް ރޭ ހޭލަންފަށައިބަލާށެވެ. 2 ހަފްތާއިން ހޭލަން ފަށައިބަލާށެވެ. ހަފްތާއަކު އެއްރޭ ހޭލަން ފަށައިބަލާށެވެ.

ކުޑަކުޑަ ކަމެއް ފާހަގަކޮށްލާނަމެވެ. ބައެއް މީހުން ފުޓްބޯޅަ މޫސުން އައުމުން އެވަގުތު ތެދުވެ އެމީހާ ސަޕޯޓްކުރާ ޓީމް މޮޅުވުން އެދި އެބަ ދުޢާކުރެއެވެ. އެއީ އާޚިރަތަށް ފައިދާކުރާނެ ދުޢާއެއް ނޫނެވެ. ނަމަވެސް އެދުޢާ ވިޔަސް ކުރުމަށް އަހުރެން ހިތްވަރުދެމެވެ. ސަބަބަކީ އެކަމުން އެނގެނީ އޭނާ އޭނާ ހެއްދެވިފަރާތުން ވާގިއެދޭކަމެވެ. ހިތުގައި އީމާންކަން އެބައޮތްކަމެވެ. ކޮންމެ ކަމެއްވެސް ކާމިޔާބުވާނީ ﷲ ތަޢާލާ ހިންމަވައިދެއްވެވުންކަން އޭނާ ޤަބޫލުކުރާކަމެވެ. އެއީ ފާހަގަކޮށް ހިތްވަރުދޭންޖެހޭނެ ކަންކަމެވެ.

މީސްތަކުންނޭވެ! ދުނިޔެއާއި އާޚިރަތް އެދިގެން މަސައްކަތްކުރަމުން އަންނައިރު ކުރަން އޮތް އެންމެ މުހިންމު ކަމަކީ ދުޢާކުރުމެވެ. ދުޢާ އާއި ނުލައި ކާމިޔާބީއެއް ނެތެވެ. ކޮންމެ ކަމެއްވެސް ކާމިޔާބުމުން ނުވަތަ ޙާޞިލްވުން ވަނީ ﷲ ތަޢާލާގެ ރަހްމަތުން ކަމުގައިވާތީއެވެ.

--މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން