ޞަދަޤާތްކުރުމުގެ ފައިދާ ލިބޭ ޢަމަލުތައް ވަރަށް ގިނަކަން– ޙަދީޘުން

ކިޔުމަށް ހޭދަވާނީ 3މ 15ސ
ޞަދަޤާތްކުރުމުގެ ފައިދާ ލިބޭ ޢަމަލުތައް ވަރަށް ގިނަކަން– ޙަދީޘުން

ޢާއިޝަތު ރަފާޙް ޢަލީ

 

عَنْ أَبِي هُرَيْرَةَ رضي الله عنه قَالَ: قَالَ رَسُولُ اللَّهِ صلى الله عليه وسلم: ((كُلُّ سُلَامَى مِنْ النَّاسِ عَلَيْهِ صَدَقَةٌ، كُلَّ يَوْمٍ تَطْلُعُ فِيهِ الشَّمْسُ تَعْدِلُ بَيْنَ اثْنَيْنِ صَدَقَةٌ، وَتُعِينُ الرَّجُلَ فِي دَابَّتِهِ فَتَحْمِلُهُ عَلَيْهَا أَوْ تَرْفَعُ لَهُ عَلَيْهَا مَتَاعَهُ صَدَقَةٌ، وَالْكَلِمَةُ الطَّيِّبَةُ صَدَقَةٌ، وَبِكُلِّ خُطْوَةٍ تَمْشِيهَا إلَى الصَّلَاةِ صَدَقَةٌ، وَتُمِيطُ الْأَذَى عَنْ الطَّرِيقِ صَدَقَةٌ))

މާނައީ: އަބޫ ހުރައިރާ رضي اللّه عنه ރިވާކުރެއްވިއެވެ. ﷲގެ ރަސޫލާ ޙަދީޘްކުރެއްވިއެވެ.

“އިރު އަރާ ކޮންމެ ދުވަހަކުވެސް، ކޮންމެ މީހެއްގެ މައްޗަށް ޞަދަޤާތެއްވެއެވެ. (ފަހެ އެމީހެއްގެ) ކޮންމެ ހުޅަކުންވެސް ޞަދަޤާތްކުރާ ހުށިކަމެވެ. ދެމީހެއްގެ ދެމެދުގައި ޢަދުލުވެރިކަމާއެކު ޞުލްޙަކުރުވުމަކީ ޞަދަޤާތެކެވެ. އަދި މީހަކަށް އޭނާގެ ސަވާރީގައި އެހީތެރިވެ، އޭނާ އެއަށް އަރުވައިދީ ނުވަތަ އޭނާގެ ސާމާނު އެއަށް އަރުވައިދިނުމީ ޞަދަޤާތެކެވެ. އަދި ހެޔޮބަހެއް ބުނުމީ ޞަދަޤާތެކެވެ. އަދި ނަމާދަށް އަޅާ ކޮންމެ ފިޔަވަޅަކީ ޞަދަޤާތެކެވެ. އަދި މަގުމަތީގައި މީހުންނަށް އުނދަގޫވާނޭހެން ހުންނަ ތަކެތި އެއްފަރާތްކުރުމަކީ ޞަދަޤާތެކެވެ.” 

ރަސޫލާ ޞައްލަ ﷲ އަލައިހި ވަސައްލަމް ޙަދީޘު ކުރެއްވިއެވެ.

(من عمل عملًا أشرك فيه معي غيري تركته وشركه) 

މާނައީ: ”މީހަކު ޢަމަލެއްކޮށް, އެޢަމަލެއްގައި ތިމަންއިލާހާއި އެހެން ފަރާތަކާއި ޝަރީކުކޮށްފިކަމުގައި ވާނަމަ, އެމީހަކާއި އަދި އެމީހެއްގެ ޝިރުކު (އެ ޢަމަލު) ތިމަން އިލާހު ދޫކޮށްލައްވާހުށީމެވެ."

މިއަދު އޮންލައިން