ކައިވެނީގެ ފުރަތަމަރޭގެ އަދަބުތައް‍ 2: އަނބިމީހާގެ ބޯމަތީގައި އަތްބާއްވާލައި، އޭނައަށް ހެޔޮދުޢާކުރުން

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 5މ 15ސ
ކައިވެނީގެ ފުރަތަމަރޭގެ އަދަބުތައް‍ 2: އަނބިމީހާގެ ބޯމަތީގައި އަތްބާއްވާލައި، އޭނައަށް ހެޔޮދުޢާކުރުން

އަނބިމީހާގެ ބޯމަތީގައި އަތްބާއްވާލައި، އޭނައަށް ހެޔޮދުޢާކުރުން: 

ފިރިމީހާ އޭނާގެ އަނބިމީހާގެ ނިތްކުރީގައި އަތްބާއްވާލައި، ބިސްމިﷲ ކިޔައި، އޭނާއަށް ބަރަކާތްލެއްވުމަށްއެދި ދުޢާކުރުން އެދެވިގެންވެއެވެ. އަދި ރަސޫލާ صَلَّى اللهُ عَلَيْهِ وَسَلَّمَ ގެ ބަސްފުޅުގައިވާ ދުޢާ ކިޔުންވެސް ހުއްޓެވެ. ރަސޫލާ صَلَّى اللهُ عَلَيْهِ وَسَلَّمَ  ޙަދީޘްކުރެއްވިއެވެ.  

” إِذَا تَزَوَّجَ أَحَدُكُمْ اِمْرَأَةً , أَوْ اِشْتَرَى خَادِمًا , [ فَلْيَأْخُذْ بِنَاصِيَتِهَا ] [ وَلْيُسَمِّ اللهَ عَزَّ وَ جَلَّ ] [ وَلْيَدْعُ بِالْبَرَكَةِ ], وَلْيَقُلْاللَّهُمَّ إِنِّي أَسْأَلُكَ خَيْرَهَا وَخَيْرَ مَا جَبَلْتَهَا عَلَيْهِ وَأَعُوذُ بِكَ مِنْ شَرِّهَا وَمِنْ شَرِّ مَا جَبَلْتَهَا عَلَيْهِ [وَإِذَا اشْتَرَى بَعِيرًا فَلْيَأْخُذْ بِذِرْوَةِ سَنَامِهِ وَلْيَقُلْ مِثْلَ ذَلِكَ]“( أخرجه البخاري في “أفعال العباد") 

މާނައީ:  ” ތިޔަބައިމީހުން ކުރެ މީހަކު ކައިވެންޏެއް ކޮށްފިނަމަ، ނުވަތަ ޚާދިމަކު ގަތްފިނަމަ، ފަހެ، އެއަންހެނާގެ ނިތްކުރީގަ ހިފައި، ” ބިސްމިﷲ ކިޔައި، ބަރަކާތްލެއްވުން އެދި ދުޢާކުރާށެވެ. އަދި ކިޔާށެވެ. اللَّهُمَّ إِنِّي أَسْأَلُكَ خَيْرَهَا وَخَيْرَ مَا جَبَلْتَهَا عَلَيْهِ وَأَعُوذُ بِكَ مِنْ شَرِّهَا وَمِنْ شَرِّ مَا جَبَلْتَهَا عَلَيْهِއަދި އޭނާ ޖަމަލެއް ގަތްނަމަ، އޭގެ ބޮލުގައި ހިފައިވެސް ހަމައެފަދައިން ކިޔާށެވެ.  “ 

اللَّهُمَّ إِنِّي أَسْأَلُكَ خَيْرَهَا وَخَيْرَ مَا جَبَلْتَهَا عَلَيْهِ وَأَعُوذُ بِكَ مِنْ شَرِّهَا وَمِنْ شَرِّ مَا جَبَلْتَهَا عَلَيْهِ.

 

އައްޝައިޚު ޢަބްދުލްމަތީން ޢަބްދުލްމަޖީދުގެ ލިޔުއްވުމަކުން

 

 

މިއަދު އޮންލައިން