އެކަމެއް ކުރުމުން ﷲ ގެ ރުހިވޮޑިގަތުން ލިބޭ ކަމެއް، ﷲ ރުހިވޮޑިނުގަންނަވާ ގޮތަށް ކުރުމުން ޢަޛާބު ދެއްވަވާނެކަންވެސް ޤަބޫލުކުރަންޖެހޭނެ!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 28ސ
އެކަމެއް ކުރުމުން ﷲ ގެ ރުހިވޮޑިގަތުން ލިބޭ ކަމެއް، ﷲ ރުހިވޮޑިނުގަންނަވާ ގޮތަށް ކުރުމުން ޢަޛާބު ދެއްވަވާނެކަންވެސް ޤަބޫލުކުރަންޖެހޭނެ!: މުފްތީ މެންކް

މުސްލިމަކު ޔަތީމް ކުއްޖަކަށް އެހީތެރިވެ ބަލަހައްޓައިދީފިނަމަ ހުވަފަތް އަންހެނަކަށް އެހީތެރިވެދީ ބަލަހައްޓައިފިނަމަ އެމީހަކަށް ސުވަރުގޭގެ އެންމެ މަތީ ދަރަޖަ ދެއްވަވާނެކަން އެއީ ޔަޤީންކަމެކެވެ. އެކަން ޔަޤީންވަނީ ސުވަރުގޭގެ އެންމެ މަތީދަރަޖައިގައިވާނީ ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަކަން ޤުރްއާނުން ޔަޤީންކުރެވިފައި އަދި އެފަދަ މީހުން ސުވާރުގޭގައިވާނީ ރަސޫލް ޞައްލﷲ ޢަލައިހި ވަސައްލަމަ އާއި އެންމެ ގާތުގައިކަން ޙަދީޘްފުޅުން އެނގެން އޮތުމުންނެވެ.  

އެއީ ކީއްވެގެން ހެއްޔެވެ؟ އެއީ ނިކަމެތި ޙާލުގައި ހުރި މީހެއްގެ ބޭނުންތައް ފުއްދައިދީ އޭނާއަށް އުފާވެރިކަން ހޯދައިދޭތީއެވެ. އެކަންކަމަށް ﷲ ތަޢާލާ ލޯބިވެވޮޑިގަންނަވާވަރު ބޮޑުކަމުންނެވެ. ވީމާ މޭގެ އަނެއްކޮޅުވެސް ހަމައެގޮތަށް އޮންނަންޖެހޭނެއެވެ.  

އެއްވެސް މީހަކަށް ދުނިޔޭގައި ނުަވަތަ އެމީހަކު ދިރިއުޅޭ މުޖުތަމަޢުގައި ދިރިއުލޭ ހުރިހާ ނިކަމެތިންނަށް އެހީތެރިނުވެވިދާނެއެވެ. އަދި އެކަމުގައި އެމީހެއްގެ ޒިންމާ އޮންނާނީ އެމީހަކަށް ﷲ ތަޢާލާ ތަނަވަސްކަން ދެއްވަވާފައިވާ މިންވަރެއްގެ މައްޗަށެވެ. އެންމެންނަށް އެހީތެރިވާނެ ތަނަވަސްކަން ދެއްވަވާފައިނުވާނަމަ އެންމެންނަށް އެހީތެރިނުވެގެން ފާފަވެރިއެއް ނުވާނެއެވެ.  

ހަމައެފަދއިން އެމީހެއްގެ ކިބައިގައި ތަނަވަސްކަން ހުރި މިންވަރަކުން އެމީހަކު ބަލަހައްޓަންޖެހޭ މީހުންނަށް އެހީތެރިނުވާނަމަ އެކަމުގެ ސަބަބުން ފާފަވެރިވާނެއެވެ. ވީމާ އަނބިން، ދަރިން، މައިންބަފައިން އަދި ރަޙިމުގެ ގުޅުން ބަހައްޓަންޖެހޭ އެންމެންނަށްވެސް ތިމާގެ ކިބައިގައި ކެރިފޯރުންތެރިކަން ހުރި މިންވަރަކުން އެހީތެރިވެދޭށެވެ. ޚާއްޞަކޮށް މައިންބަފައިންނަށާއި އަނބިދަރިންނަށް އެހީތެރިވުމަށް ޚާއްޞަ ސަމާލުކަމެއްދޭން ޖެހޭނެއެވެ. އެކަން ﷲ ތަޢާލާ އަންގަވާފައިވާ ގޮތަށް ކުރާމީހަކަށް ﷲ ތަޢާލާ ރަޙްމަތް ލައްވަވާނެތެވެ. ތަނަވަސްކަންވެސް އިތުރުކޮށްދެއްވަވާނެތެވެ. އިން ޝާ ﷲ  

- މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން