ސުވަރުގެދާން ކުރާ ދަތުރުގައިވެސް އެންމެންގެ މައްޗަށް ހިތްސާފުކުރަންޖެހޭ ސަބަބުތައް ވަރަށް ގިނަ— އެއީ ސުވަރުގެ ވައްދަވާ ޢަމަލެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 37ސ
ސުވަރުގެދާން ކުރާ ދަތުރުގައިވެސް އެންމެންގެ މައްޗަށް ހިތްސާފުކުރަންޖެހޭ ސަބަބުތައް ވަރަށް ގިނަ— އެއީ ސުވަރުގެ ވައްދަވާ ޢަމަލެއް!

މުސްލިމުން ދުނިޔޭގައި ތިބެގެން މިކުރާ އެންމެ ބޮޑު މަސައްކަތަކީ ސުވަރުގެ ދިއުމަށް ކުރާ މަސައްކަތެވެ. އެހެންވެ ޢިލްމުވެރިން ދުނިޔޭގެ ޙަޔާތް ސިފަކުރައްވަވަނީ ސުވަރުގެދާން ކުރާ ދަތުރުގެ ގޮތުގައެވެ. އެދަތުރުގައިވެސް އެންމެ މުހިންމު އެއް ކަމަކީ ވަކިމީހަކު އިސްތިސްނާނުކޮށް އެންމެންގެ މައްޗަށް ހިތްސާފުކުރުމެވެ.  

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! ވިސްނައިލާށެވެ! ސުވަރުގޭގެ އަހުލުވެރިންގެ ހިތްތަކަކީ ޠޯހިރު ހިތްތަކެކެވެ. ސުވަރުގޭގެ ތަފާތު ދަރަޖަތަކުގައި ތިބި ކަމުގައި ވިޔަސް އެކަމުގެ މައްޗަށް ހިތްތަކުގައި ކިލަނބު ކަމެއް ނުވާނެއެވެ.   

"އަދި ތިމަންރަސްކަލާނގެ، އެއުރެންގެ ހިތްތަކުގައިވާ ޙަސަދަވެރިކަން ވަކިކުރެއްވީމެވެ. ދާންތަކެއްގެ މަތީގައި އެކަކު އަނެކަކަށް ކުރިމަތިލައި ތިބޭ އަޚުންތަކެއްގެ ގޮތުގައެވެ".

سورة الحجر ٤٧ 

ސުވަރުގޭގައި މީސްތަކުން ތިބެނީ އެއްދަރަޖައެއްގައެއް ނޫނެވެ. ތަފާށތު ދަރަޖަތަކުގައެވެ. އެމީހެއްގެ ދަރަޖަ ކަނޑައެޅުއްވެވުން ވަނީ ދުނިޔޭގައި ހުރެ އެމީހަކު ކުރި ހެޔޮ ޢަމަލުތަކުގެ މައްޗަށެވެ. ސުވަރުގޭގެ ކޮންމެ ދަރަޖައެއްގެ ދެމެދުގައި އުޑާއިބިމާއި ދެމެދުގައިވާވަރުގެ ރާސްތާއެއް (ދުރުމިނެއް ވެއެވެ. 

މިހައި ތަފާތު ބޮޑު ނަމަވެސް ދަށު ދަރަޖަ ތަކުގައި ތިބޭ މީހުންވެސް މަތީދަރަޖަތަކުގައި ތިބޭ މީހުންނަށް ޙަސަދައެއް ނުލައެވެ. މިބަޔާންކުރި އާޔަތުން އެނގިގެންދަނީ އެކަމެވެ. ވީމާ ދުނިޔޭގައި މިހޭދަކުރާ މަދު ދުވަސްކޮޅު އެއްވެސް މީހެއްގެ މައްޗަށް ޙަސަދަނުލާށެވެ.  

އެއްވެސް މީހެއްގެ މައްޗަށް ޙަސަދަނުލުމުން ދެއްވަވާ ބޮޑު ފައިދާ ނިކަން ދެކިބަލާށެވެ! އެންމެންގެ މައްޗަށް ހިތްސާފުކުރުމަކީ ސުވަރުގެ ދެއްވަވާކަމެއްކަން ޙަދީޘްފުޅުން އެނގެން އެބައޮތެވެ. ކޮންމެ ރެއަކު އަވަހާރަފުޅުލެއްޕެވުމުގެ ކުރިން އެންމެންގެ މައްޗަށް ހިތްސާފުކުރައްވަވަމުން ގެންދެވި ޞަޙާބީއަކަށް، ދިރިހުންނަވަނިކޮށް ސުވަރުގެ ލިބިވަޑައިގަންނަވާނެކަމުގެ އުފާވެރި ޚަބަރު ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަ ދެއްވަވާފައިވާތީއެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން