އިޙްޞާންތެރިއަކަށް ވެވިއްޖެނަމަ ހަމައެކަނި ފާފަކުރަން ބިރުގަންނާނީއެއް ނޫން! ލަދުވެސް ގަންނާނެ!: ޢުމަރު ސުލައިމާން

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 57ސ
އިޙްޞާންތެރިއަކަށް ވެވިއްޖެނަމަ ހަމައެކަނި ފާފަކުރަން ބިރުގަންނާނީއެއް ނޫން! ލަދުވެސް ގަންނާނެ!: ޢުމަރު ސުލައިމާން

މިއަދު އަހުރެމެންގެ ތެރެއިން ގިނަ ބައަކަށް އޮތް އެންމެ ބޮޑު އެއް މައްސަލައަކީ އިޙްޞާންތެރިކަން ނެތުމެވެ. މިއީ އެއްވެސް ވަރަކަށް ޝައްކުކުރަން ޖެހެންވީ ކަމެއްވެސް ނޫނެވެ. ވިސްނައިފި ކޮންމެ މީހަކަށް އެނގިޔަޤީންވާ ކަމެކެވެ. 

އެމީހެއްގެ ކިބައިގައި އިޙްޞާންތެރިކަން ހުރިނަމަ ﷲ ތަޢާލާ ރުހިވޮޑިނުގަންނަވާނެ އެއްވެސް ކަމެއް ކުރަން ބިރުގަންނާނެއެވެ. ފާފައެއްކުރަން ބިރުގަންނާނެއެވެ. އަދި ނަފްސުގެ ބަލިކަށިކަމުން ފާފައެއް ކުރެވުނަސް ތައުބާވުމަށް އަވަސްވެގަންނާނެއެވެ. 

އިޙްޞާންތެރިކަމަކީ ﷲ ތަޢާލާއަށް ބިރުވެތިވުމަށް އޮތް މަގެވެ. އެހެނީ އިޙްޞާންތެރިއަކަށް ވެވިއްޖެނަމަ ތިމާކުރާ ކޮންމެ ކަމެއް ﷲ ތަޢާލާ ވަޤުތުން ބައްލަވައިވޮޑިގެންވާކަން އިޙްޞާޞްކުރެވޭނެއެވެ. ނަތީޖާއެއްގެ ގޮތުން ހަމައެކަނި ބިރުވެތިވެވޭނީއެއް ނޫނެވެ. ލަދުވެތިވެސްވެވޭނެއެވެ. 

ﷲ ތަޢާލާ ރުހިވޮޑިނުގަންނަވާ ކަންކަން ނުވަތަ ފާފަކުރުން ހުއްޓާލަން ބޭނުންވާ މީހާ އިޙްޞާންތެރިކަން އިތުރުކުރަން މަސައްކަތްކުރާށެވެ. އިޙްޞާންތެރިކަމަކީ ކުރިން މިބުނި ފަދައިން ތިމާކުރާ ކޮންމެ ކަމެއް ﷲ ތަޢާލާ ވަޤުތުން ބައްލަވައިވޮޑިގެންވާކަމާއި އަދި ދެކެދެނެވޮޑިގެންވާކަން ޤަބޫލުކުރުމެވެ. 

- އިމާމް ޢުމަރު ސުލައިމާންގެ ދަރުސަކުން

މިއަދު އޮންލައިން